ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި--- ފޮޓޯ/ ފުލުހުން

ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ.

މާލެއިން ފުރައިގެން ފުވައްމުލަކަށް އައި ބޯޓު ބަލައި ފާސްކުރިއިރު އެ ބޯޓު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ފުވައްމުލަކު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް