ލަންކާއަކީ ސިލްކު ރޯޑްގައި މުހިންމު ބައިވެރިއެއް: ޗައިނާ

ޗައިނާގެ ރައީސް ޝީ ޖިންޕީ ލަންކާގެ ރައީސްއާ ބައްދަލުކުރައްވަނީ--

އޭޝިއާ، އެފްރިކާ، ޔޫރަޕު އަދި އެހެން ސަރަހައްދުތަކާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރުމަށް ޗައިނާއިން ހިންގަމުންދާ ބިޔަ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ނުވަތަ "ސިލްކު ރޯޑް" ގެ މަޝްރޫއުގައި ލަންކާއަކީ މުހިންމު ބައިވެރިއެއް ކަމަށް ޗައިނާ އިން ބުނެފިއެވެ.

ސްރީލަންކާގައި ޗައިނާގެ އެމްބަސީގައި ހުންނަވާ ސަފީރު ޗޭންގް ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ބުނީ ޗައިނާއިން ކުރިއަށް ގެންދާ ސިލްކު ރޯޑްގެ ބިޔަ މަޝްރޫއުގެ މަގްސަދަކީ މިނިވަން ވިޔަފާރި ދުނިޔޭގައި ނަގަހައްޓައި މުޅި ދުނިޔެ ހުޅުވާލެވިފައިވާ އިގްތިސާދަކަށް ހެދުން ކަމަށެވެ.

ސަފީރު ވިދާޅުވީ ލަންކާއަށް އިގްތިސާދީ އަދި އިޖްތިމާއީ އިތުރު ތަރައްގީތައް ގެނައުމަށް އިތުރު މަސައްކަތްތައް ކުރުމަށް ލަންކާއާއި ޗައިނާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފަިއވާ ކަަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ދަށުން އެންމެ އާދައިގެ ރައްޔިތުންނަށްވެސް އޭގެން ނަފާ ލިބޭނެެ ފަދަ ގޮތަކަށް މަޝްރޫރުތައް ކުރިއަށް ގެންދިޔުމަށް ރާވައިފައިވާ ކަަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދަޅުވީ ޗައިނާގެ ވިޔަފާރީގެ މާކެޓްތައް ދުނިޔެއަށް އިތުރަށް ހުޅުވާލުމުގެ ގޮތުން ޗައިނާގެ ޝަންގްހާއީގައި އިމްޕޯޓް އެކްސްޕޯޓް އެކްސްޕޯއެއްވެސް އަންނަ ނޮވެމްބަރު މަހު ބާއްވާނެ ކަމަށެވެ. އަދި އެ އެކްސްޕޯގެ ސަބަބުން ލަންކާގެ ސައިފަތާއި ، ރަބަރާއި ހެދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމަށް ފަސޭހަވެ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަލުވެގެންދާނެ ކަަމަށެވެ.

މަސްދަރު: އެންޑީޓީވީ

comment ކޮމެންޓް