ސެމްސަންގަށްވުރެ ކުރިން ވާވޭއިން ފައްޖަހާލެވޭ ފޯނެއް ނެރެނީ!

ސެމްސަންގުން ފަތްޖަހާލެވޭ ފޯނެއް ނެރެން އުޅޭކަމަށް ވާހަކަ ދެކެވޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ސެމްސަންގުގެ މި ފޮނި ވާހަކައިގައި ކުރި އެރުމެއް ނުލިބި އުޅެނިކޮށް ޗައިނާގެ ވާވޭއިން ފަތްޖަހާލެވޭ ފްލެކްސިބްލް ފޯނެއް ބާޒާރަށް ނެރެން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްމާޓްފޯނުގެ ދުނިޔޭގައި ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ވާވޭއިން ނިންމާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު މި ފޯނު ބާޒާރަށް ނެރުމަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ވާވޭގެ ފޯނުގައި ހިމަނާ އޯލެޑް ޑިސްޕްލޭތައް އުފައްދާނީ ޗައިނާގެ ބީއޯއީ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

މީގެ ކުރިންވެސް ބޮޑެތި ކުންފުނިތަކުން ކުރަން ނިންމައި، އިއުލާނު ކުރާ މޮޅެތި ކަންތައް އެ ކުންފުނި ތަކަށްވުރެ ކުރިން ވާވޭއިން ކޮށް ނިންމައިލައެވެ.

ވާވޭއިން ފަތްޖަހާލެވޭ ފޯނު ނެރެން އުޅޭކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން އެ ކުންފުނީގެ އޮފިޝަލަކު ބުނެފައިވަނީ ޔޯލަ ވާހަކަތަކަށް ވާވޭއިން ރައްދު ނުދޭ ކަމަށާއި އެކުންފުނިން ނަތީޖާ ދައްކާނީ އަމަލުން ކަމަށެވެ.

comment ކޮމެންޓް