ފަރެއް އުފައްދަން ލުބުނާނުން މެޑިޓޭރިއަން ކަނޑަށް ޓޭންކަރެއް ފައްތައިފި

ލުބުނާނު ސަރަހައްދުުގައި ފަރުތުވެރިންގެ ސަމާލުކަން ދަމައިގަންނަ ކަމެއް ކުރުމަށް 10 އަހަރު ވެފައިވާ ޓޭންކަރެއް މެޑިޓޭރިއަން ކަނޑަށް ފައްތައި، އެ ސަރަހައްދުގައި ފަރެއް ހައްދަން މަސައްކަތް ފަށައިފި އެވެ.

ހައުސް ރީފާ ތިން ކިލޯ މީޓަރު ދުރަށް އެ ޓޭންކަރު ފައްތާފައި ވަނީ އިއްޔެ އެވެ. އެންވަޔަރަމެންޓަލިސްޓުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަށް ފަހު އެ ހަރަކާތުގައި އިސްކޮށް އުޅުނު މީހަކު ބުނީ މުސްތަގުބަލުގައި ޓޭންކަރު ފެއްތި ސަރަހައްދަކީ ކަނޑުއަޑީގެ ދިރުންތަކުން މުއްސަނދިވެފައިވާ، ފަތުރުވެރިންގެ ސަމާލުކަން ލިބޭ ތަނަކަށް ވާނެ ކަމަށެވެ.

މިއީ ލުބުނާނުގެ ގޮނޑުދޮށްތަކަށް ކުނި އެޅުންފަދަ ކަންކަން ހުއްޓުވައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށް ލުބުނާނު ގެދުމުގެ އިތުރުން ކަނޑުގެެ ދިރުންތައް އާލާ ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ޓޭންކަރު ހަދިޔާކުރި ލުބުނާނުގެ އަސްކަރިއްޔާއަށް މި ގުރޫޕުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފަލަސްތީނު މީހުންގެ ހައްގުގައި، މި ޓޭންކަރުގެ ބަޑި އަމާޒުކޮށްފައި ވަނީ އިސްރާއިލާ ވީ ދިމާއަށެވެ.

comment ކޮމެންޓް