އައިސްކްރީމްގެ އާ ފްލޭވާއަކަށް މެޔޮނައިސް

ތަފާތު ފްލޭވާތަކުގެ އައިސްކްރީމް ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް މިފަހަރު މިއޮތީ އާ ރަހައެކެވެ. މެޔޮނަައިސް ފްލޭވާގެ އައިސްކްރީމް އެވެ.

ސްކޮޓްލޭންޑުގެ އައިސްކްރީމް ފިހާރައެއްގައި ވިއްކާ މެޔޮނައިސް ފްލޭވާގެ އައިސްކްރީމް އަކީ މެޔޮނައިސްގެ ރަހަ ކަމުދާ މީހުންނަށް މީރުވާނެ އައިސްކްރީމް އެކެވެ.

މި ރަހައިގެ ފަހަތުގައިވަނީ ކައިލީ ޖެންޓަލްމޭން ކިޔާ މީހެކެވެ. އޭނާ ވަނީ އައިސްކްރީމުގެ ތަފާތު ފްލޭވާތައް އޭނާގެ އައިސްކްރީމް ފިހާރާގައި ތައާރަފު ކޮށްފައެވެ. އައިސްކްރީމް ތައްޔާރު ކުރަނީ އޭނާގެ ހޯމް މޭޑް އައިސްކްރީމްގެ ތެެއަށް ހެލްމޭންސް ބްރޭންޑުގެ މެޔޮނައިސް އެއްކޮށްގެންނެވެ.

މެޔޮނައިސް ފްލޭވާގެ އައިސްކްރީމްގެ ވާހަކައާއެކު ގިނަ ބަޔަކު ދަނީ މި ފްލޭވާގެ އައިސްކްރީމް އާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އެއްބަޔަކު ބުނަނީ އޭގެ ރަހަ ބަލަން ބޭނުންވާ ކަމަށެވެ. އަނެއްބަޔަކު ބުނަނީ މެޔޮނައިސް ފްލޭވާގެ އައިސްކްރީމް ހުރެގެން ނުވާނެ ކަމަށެވެ. މި އުފެއްދި މީހާ ނޫނީ ބަޔަކަށް ތެރަޕީ ދޭން ޖެހޭ ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް