މިރޭ ބޭއްވި ހެވިކަމާއި، ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމްތައް، ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، ހޯމް މިނިސްޓަރު އަޒްލީން އަހްމަދުގެ ދެކަނބަލުންނެވެ.

29 ޖޫން 2018: މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް ރިޔާސީ ކުރުނީހެއް ވަނީ އަރުވާފަ އެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ.

އޭގެފަހުން، ދިވެހި ސިފައިންގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައިވެ އެވެ.

29 ޖޫން 2018: މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިރޭ ހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވަނީ ގަލޮޅު މަދަރުސާއާއި، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލާއި، ޖަމާލުއްދީން ސުކޫލާއި، މަޖީދިއްޔާ ސުކޫލާއި، ޢިމާދުއްދީން ސުކޫލާއި، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާއި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.

29 ޖޫން 2018: މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިރޭ ގަލޮޅު ދަނޑުގައި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު ރަސްފައްނު ސަރަހައްދުގައި ހަވާ އަރުވާފައިވެސް ވެ އެވެ.

މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތްތައް މިރޭ ބާއްވަން ނިންމުމާ ގުޅިގެން، މިއަދު ބާއްވާ ގޮތައް އޮތް ސިފައިންގެ ޝަރަފުގެ ހިނގާލުން ވަނީ މާދަމާއަށް ފަސް ކޮށްފައެވެ. ސިފައިންގެ ޝަރަފުގެ ހިނގާލުން އޮންނާނީ މާދަމާ 16:00 ގަ އެވެ.