އަމީނިއްޔާގެ ތާރީހީ "ލޯގޯ" މޮނިއުމެންޓަކަށް!

އަމީނިއްޔާ ސްކޫލްގެ ލޯގޯ

ރާއްޖޭގައި އަންހެން ކުދިންނަށް ކިޔަވައިދިނުމަށް އެންމެ ފުރަތަމަ ހުޅުވި ސްކޫލް، އަމީނިއްޔާ ސްކޫލުގެ ތަރީހީ ލޯގޯ މޮނިއުމަންޓަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ބޮޅާއި ތަރިއަކާއި އަދި ތިރީގައި ލިޔެފައި އިންނަ މޮޓޯ ހިމަނައިގެން އަމީނިއްޔާގެ ސްކޫލުގެ ލޯގޯ ސިފަވާގޮތަށް ސިމެންތިން ރާނައިގެން ހަދާފައިވާ ބައި، އެ ސްކޫލުގެ ބާ އިމާރާތް ތަޅާލި ގޮތަށް ތަޅާލަން އުޅޭކަމަށް ބުނެ މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "ސަން" އަށް ވިދާޅުވީ އެ ލޯގޯ ތަޅާލުމަށް ކުރިންވެސް ނިންމާފައި ނުވާ ކަމަށާއި އަދި މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އަމީނިއްޔާގެ ތެރޭގައި އެއެތި ބަހައްޓާނެ. އެ ނަގާ އެއްލާލަނީކީ ނޫން. އެ މިއަދު ނެގިތަން ފެނިގެން މީސް މީޑިއާގައި އެ ނަގާ އެއްލާލަނީއޭ ކީ. އެކަމު މީގެ ކުރިންވެސް ބާ އިމާރާތް ތަޅާލިއިރުވެސް ބަހައްޓާފައި ހުރީ އެ ރަނގަޅު ލޮކޭޝަނެއްގައި ބަހައްޓާގޮތަށް. އެ ލޭންޑްސްކޭޕް ކޮށްލާފަ ބަހައްޓާނެ." ޝަފީއު ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލުގެ ބާ އިމާރާތް ތަޅާލީ މިދިޔަ އޭޕްރީލް މަހުއެވެ.

https://sun.mv/103834

ބާ އިމާރާތް ތަޅާލިއިރު، އަމީނިއްޔާ ސްކޫލުގެ ކުރީގެ ހޯލް ހުރި އިމާރާތް މީގެ ކުރިން ތަޅާލައި، އެތަނުގައި ސަރުކާރުން 119 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 10 ބުރީގެ އާ އިމާރާތެއް ވަނީ އަޅައިފައެވެ. އަދި މިއަހަރު ކިޔަވައިދޭން ފަށައިފައިވަނީ އާ އިމާރާތުގައެވެ.

comment ކޮމެންޓް