ޝަރަފްވެރިކަމުގެ އިނާމް 5 ބޭފުޅަކަށް އަދި ގައުމީ އިނާމް 15 ބޭފުޅަކަށް އަރުވައިފި

މިރޭގެ ޖަލްސާގައި ސިއްޙީ ދާއިރާއިން، އާންމު ޞިއްޙަތު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަތް ޑރ. ޢަބްދުﷲ ޢަފީފަށް ރައީސް އަބްދުﷲ ޔާމީން އިނާމް ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޝަރަފްވެރިކަމުގެ ގައުމީ އިނާމް ފަސް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމް 15 ބޭފުޅަކަށް މިރޭ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދިނުމަށް ހަމަޖެއްސި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދީފައި ވަނީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގަތް 5 ބޭފުޅުންނަކީ:

1. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:

ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދު، ހ.ހިތްފަހި

2. ފަތުރުވެރިކަމުގެ ދާއިރާއިން:

އަޙްމަދު މާހިރު، މއ.ރައުފަތުގެ

3. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:

ޝަމީމާ ކަނބުލޭގެފާނު، މއ.ފެހިއަލިއާގެ

4. މަސައްކަތްތެރިކަމުގެ ދާއިރާއިން:

އަލްމަރްޙޫމް މުޙައްމަދު ޝާކިރުގެ ހަނދާނަށް

5. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރުކުޅުމާއި، ކުޅިވަރު ހިންގުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން:
އަޙްމަދު ސަލީމް، ހ.ހީނާގަސްދޮށުގެ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގަތް ޝަމީމާ ކަނބުލޭގެފާނަށް ރައީސް އިނާމް ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތް 15 ބޭފުޅުން

  1. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން: އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދު، ފިނިހިޔާގެ ބ.އޭދަފުށި
  2. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހާއި، ބަހުގެ ޢިލްމު ކުރިއެރުވުމާއި ބަސް ދިރާސާކުރުމުގެ ރޮނގުން:
    ޢަބްދުއްރަޝީދު ޢަލީ، ދިލްކަޝްގެ ބ.އޭދަފުށި
  3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން، ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން:
    ވޮރަންޓް އޮފިސަރ 1 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން، ކާށިދޫގެ ހއ.ބާރަށް
  4. ސިއްޙީ ދާއިރާއިން، އާންމު ސިއްޙަތު ކުރިއެރުވުމުގެ ރޮނގުން:
    ޑރ. ޢަބްދުﷲ ޢަފީފު، ހުދުވިލާގެ ސ.މީދޫ
  5. އިޖުތިމާޢީ ރައްކާތެރިކަމާއި އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން، ތަފާތު ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
    މަރްޔަމް ސަހުދާ، ދަފްތަރު ނަންބަރު 4356
  6. ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންލިބޭނޭ އެކި ކަންކަން ހިންގުމާއި، ތަޢާރުފުކުރުމުގެ ރޮނގުން:
    މުޙައްމަދު ފިރާޤް، ހ.ލޭޑީބާރޑް
  7. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން:
    މުޙައްމަދު ޖަވާދު، ދަފްތަރު ނަންބަރު 2600
  8. ޑައިވިންގގެ ދާއިރާއިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގގެ ރޮނގުން:
    ޒޫނާ ނަސީމް ލަކީކޯނަރ، ނ. ކުޑަފަރި
  9. ޑައިވިންގގެ ދާއިރާއިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގގެ ރޮނގުން:
    ޢާޞިމް މުޙައްމަދުފުޅު، އިރާކް ކ.މާފުށި
  10. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ފަންނީ ގޮތުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން:
    އިބްރާހީމް ރަޝީދު، ޖަވާހިރުވިލާ ސ.ހުޅުދޫ
  11. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން:
    ސްޓާފް ސާރޖަންޓް އަޙްމަދު ޢަބްދުލްކަރީމް، ތިބުރޯޒުގެ ވ.ކެޔޮދޫ
  12. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން:
    ނައުފަލް މޫސާ، ޑޭޒީމާގެ އއ.އުކުޅަސް
  13. ވިޒްއަލް އާޓްސްގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން:
    ޢަލީ ޝިފާޢު، ގ.ހޮޅިގެ
  14. ވިޜުއަލް އާޓްސްގެ ދާއިރާއިން، އެނިމޭޝަންގެ ރޮނގުން:
    އަޙްމަދު ސިނާން، ޗަމަން ރ.ފައިނު
  15. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން:
    އިބްރާހީމް ޒައިދު ޢަލީ، ކީރަންމާގެ ގދ.ތިނަދޫ
  16. ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
comment ކޮމެންޓް