މޮރޮކޯއިން ރާއްޖެއަށް ދިން ފަސް ސޮކޮލަޝިޕަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އެވޯޑް އަރުވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މޮރޮކޯ ސަރުކާރުން ރާއްޖެއަށް ދިން ފަސް ސްކޮލަޝިޕަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ނެރުނު އިއުލާންގައި ބުނީ މޮރޮކޯ ސަރުކާރުން ރާއްޖެއަށް ދެ ބެޗެލާސް ޑިގްރީއާއި ދެ މާސްޓާސް ޑީގްރީއެއްގެ އިތުރުން އެއް ޕީއެޗްޑީ ސްކޮލަޝިޕް ދީފައިވާ ކަމަށެވެ.

ޑީއެޗްއީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ސްކޮލަޝިޕްގެ ދަށުން މޮރޮކޯގެ ސަރުކާރުން ހިންގާ އިންސްޓިޓިއުޝަންތަކުން ހިންގާ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބޭނެ ކަަމަށެެވެ.

އެ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަންފީ އާއި ޕޮކެޓް މަނީގެ ގޮތުގައި މަހަކު 750 މޮރޯކަން ދިރުހަމް (80 އެމެރިކާ ޑޮލަރު) ދިނުމަށް ހަމަޖެހިފަިއވާ ކަަމަށްވެސް ޑީއެޗްއީން ބުންޏެވެ.

ޑީއެޗްއީން ބުނީ އެ ކޯސްތަކުގައި ކިޔަވަން ޖެހޭނީ ފްރެންޗް ބަހުން ކަމަށާއި އަދި އެ ކޯހަށް ހޮވޭ ފަރާތްތަކުން ފްރެންޗް ބަސް ދަސްކޮށްދޭ އެއް އަހަރު ދުވަހުގެ ކޯހެއްވެސް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

އެ ކޯސްތަކަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ބެޗެލާސް ޑިގްރީއަށް ނަމަ އޭ ލެވެލް އިމްތިހާނުން ދަށްވެގެން "އީ" ފާސް ލިބިފައިވުން ހިމެެނެއެެެވެ. އަދި މާސްޓާސް ޑިގްރީ ނަމަ ގުޅޭ ދާއިރާއަކުން ބެޗެލާސް ޑީގްރީ ހާސިލްކޮށްފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޕީއެޗްޑީ ކޯހުގައި ނަމަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުންވެސް ޝަރުުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ 13:30ގެ ކުރިން އެޕްލިކޭޝަން ފޯމާ އެކު ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

comment ކޮމެންޓް