ޗައިނާގައި ފޭސްބުކްގެ ސަބްސިޑަރީއެއް ހިންގަން ދިން ހުއްދަ 24 ގަޑިއިރު ތެރޭ ބާތިލުކޮށްފި

ސޯޝަލްމީޑިއާގެ ރަސްގެފާނު ފޭސްބުކްގެ ސަބްސިޑަރީއެއް ޗައިނާގައި ހުޅުވުމުގެ ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީސް އެ ހުއްދަ ބާތިލުކޮށްފި އެވެ.

ތިރީސް މިލިއަން ޑޮލަރު ހަރަދުކޮށްގެން ފޭސްބުކް އިން ޗައިނާގައި ހިންގަން މަސައްކަތްކުރި ސްޓާޓް އަޕް އިންކިއުބޭޓާ އަށް ދިން ހުއްދަ ބާތިލް ކުރީ ކީއްވެ ކަމެއް ހާމަކޮށްފައެއް ނުބެ އެވެ. ބެލެވޭ ގޮތުގައި ފޭސްބުކް އެޕްލިކޭޝަން ބްލޮކު ކޮށްފައިވާ ޗައިނާ އިން ފޭސްބުކްގެ ވިޔަފާރިއެއް އެގައުމުގައި ހިންގުމުގެ ހުއްދަ ނުދިނީ ސަރުކާރުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި އަލީބާބާ އިން ވަނީ ފޭސްބުކް އިން ޗައިނާގައި މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ގައުމުގެ އިންޓަނެޓް ސާވިސް ރެގިއުލޭޓާ، ސައިބާސްޕޭސް އިން އެކަން ގަބޫލު ކޮށްފައެއް ނުވެ އެވެ.

ޗައިނާގައި މަސައްކަތް ފަށަން އުޅުނު ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ ފޭސްބުކް ހޮންގްކޮންގް ގެ ދަށުންނެވެ. ނަމަވެސް ފޭސްބުކްގެ ސޭލްސް އޮފީހެއް ހޮންގްކޮންގް ގައި ނުހިންގަ އެވެ.

ފޭސްބުކް އިން ޗައިނާގައި ފަށަން އުޅުނު ވިޔަފާރިއަކީ ޗައިނާގެ ޑިވެލޮޕަރުންނަށް އެހީވުމަށް ފަށަން އުޅުނު ވިޔަފާރިއެކެވެ.

comment ކޮމެންޓް