ސަލަފުން މާލޭގައި ރުޣްޔާ ވޯކްޝޮޕެއް ބާއްވަނީ

ޖަމިއްޔަތުއް ސަލަފުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ ދި އިސްލާމް

މަދީނާގެ ގްރެޖުއޭޓެއް ކަމަށްވާ ޝެއިޚް މުހައްމަދާ އެކު ސަލަފް ޖަމިއްޔާއިން މާލޭގައި ރުޣްޔާ ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.

ފެށޭ މަހުގެ ދެވަނަ ދުވަހު އާއި ތިން ވަނަ ދުވަހު ބާއްވާ އެ ވޯކްޝޮޕުގައި ރުޣްޔާއާ ގުޅުން ހުރި މައުލޫމާތު ތަކާއި ރުޣްޔާ ކުރާނެ ގޮތް ޝެއިހް މުހައްމަދު ކިޔާދެއްވާނެ ކަމަށް ސަލަފް ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރު މުހައްމަދު ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 250 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން ސަލަފު އޮފީހަށް ވަޑައިގެންވެސް އެ ފީ ދެއްކޭނެ ކަމަށާއި އޭގެ އިތުރުން ސަލަފްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ފޯމު ފުރާލުމަށް ފަހު އެކައުންޓަށް ޓްރާންސްފާ ކޮށްލައިގެންވެސް ފައިސާ ދައްކާލެވޭނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށްވެސް ގިނަ ބަޔަކު ނަން ނޯޓް ކޮށްފައިވާ ކަމަށާއި އަދި 100 މީހުން ހަމަވަންދެން އެޕްލިކޭޝަން ނަގާނެ ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.

ޝެއިހު މުހައްމަދު ރާއްޖެ ވަޑައިގެން ފެށޭ މަހުގެ ދެވަނަ ދުވަހު ގައުމީ ޔުނިވަސިޓީގައި ކާމިޔާބު އެ މައުލޫއަށް ދަރުހެއް ދިނުމަށްވެސް ވަނީ ހަމަ ޖެހިފަ އެވެ، އެ ދަރުހަކީ ހާއްސަކޮށް ކިޔަވާ ކުދިންނަށް ބާއްވާ ދަރުހެއް ކަމަށާއި އެހެން ނަމަވެސް އާންމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭގެ އިތުރުން އޮގަސްޓް ތިނެއް ވާ ހުކުރު ދުވަހުގެ ރޭ އިސްލާމި މަރުކަޒުގެ މާބުލްޖެހި ސަރަހައްދުގައި އާންމުނަށް ހުޅުވާލައިގެން ޝެއިހު މުހައްމަދު ދަރުހެއް ދެއްވާނެ ކަމަށް ސަލަފުން ބުންޏެވެ.

comment ކޮމެންޓް