ބަނގުރަލާއި އޫރުމަސް އުފުލާ އުޅަނދުތައް ސެޓެލައިޓް މެދުވެރިކޮށް ޓްރެކްކުރަން ފަށަނީ

ކަސްޓަމްސްގައި މިއަދު ހެނދުނު ބޭއްވި ނޫސް ކޮންފަރެންސްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވާހަކަދައްކަވަނީ--

ރާއްޖެ އެތެރެކުރާ ބަނގުރަލާއި އޫރުމަސް އުފުލާ އުޅަނދުތައް ސެޓެލައިޓް މެދުވެރިކޮށް ޓްރެކް ކުރަން މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ނިންމައިފި އެވެ.

ކަސްޓަމްސްގައި މިއަދު ހެނދުނު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ ރާއްޖެ އެތެރެކުރާ ބަނގުރާ އެކި ދިމަދިމާޔަށް ދިޔުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެތަކެތި އުފުލާ އުޅަނދުތަކުގައި ސެޓްލައިޓް ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

"ކަސްޓަމަސް ކޮންޓްރޯލްް ރޫމްއަށް އެނގޭނެ އެ ޑިވައިސްތައް ހަރުކޮށްފައި އޮންނަ އިރު މިސާލަކަށް އޭތި އެއާޕޯޓްގެ ބޮންޑަޑްވެއާ ހައުސްއިން ބަނގުރާ ލޯޑް ކޮށްގެން މިދާން ޖެހެނީ މިސާލަކަށް ކައިރި ރިސޯޓަކަށް. ދެން އެ ރިސޯޓްގެ ނަން އަޅުގަނޑުމެންނަށް އެނގޭނެ. އެ ރިސޯޓް އެނޫން ދިމާޔަކަށް މިސްރާބު ޖަހާފިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އެ ޓްރެކިން ޑިވައިސް ވަރަށް އަވަހަށް ހަރުކުރުރާނެ ކަމަށާއި އަދި އެ ކަމާ ގުޅޭ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަަމަށެެވެ.

ގަވައިދާ ހިލާފަށް ދޯނިތަކުން ބަނގުރާ މާލެ އެތެރެކޮށް ޕިކަޕަށް އަރުވައިގެން ދަނިކޮށް ފުލުހުން ވަނީ އެތައް ފަހަރަކު އަތުލައިގެންފަ އެވެ.

https://sun.mv/70504

ޖުނައިދު ވިދާޅުވީ ރާއްޖެ އެތެރެކުރާ ބަނގުރާ އެކި ދިމަދިމާޔަށް ދިޔުމަކީ ވަކި މިއަދު ފެންނަމުންދާ ކަމެއް ނޫން ކަމަށާއި އަދި ކަސްޓަމްސްގެ ޒިންމާއަކީ އެފަދަ ހާދިސާތައް މަދުކުރުން ކަމަށެވެ.

"އަޅުގަނޑެެއް ނެތިން ބުނާކަށް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ފަރާތުން ރަލެއް އެތެރެއެއް ނުކުރާނެއޭ. އެތެރެކުރާ ރާ ދާންވީ ހިސާބަށް ނޫން އެހެން ހިސާބަކަށް ނުދާނެއޭ، މަސްތުވާތަކެތި ވެސް އެތެރެ ނުކުރާނެއޭ. އަޅުގަނޑުމެންގެ ޒިންމާއަކީ އެ ކަންކަމުގައިި ހުރި ލޫޕް ހޯލްސްތައް ނަގައިގެން އެއެއްޗެހި ހައްލުކޮށް މިނިމައިޒް ކުރުންް." ޖުނައިދު ވިދާޅުވި އެވެ.

comment ކޮމެންޓް