މެމްބަރުން ހަމަނުވެގެން ދެ ބިލަކަށް ވޯޓަށް އެހުން ފަސްކޮށްފި

ރައްޔިތުން މަޖިލީހުގެ ޗެމްބަރު އެތެރެ --- ފޮޓޯ/ ރައްޔިތުން މަޖިލިސް

މަޖިލީހުގައި ވޯޓަށް އަހާ ވަރަށް މެމްބަރުން ތަޅުމުގައި ނެތުމުން މިއަދު ވޯޓަށް އަހަށް ޝެޑިއުލް ކުރި ދެ ބިލަށް ވޯޓަށް އެހުން ފަސްކޮށްފިއެވެ.

މިއަދު ވޯޓަށް އަހަން ޝެޑިއުލް ކޮށްފައިވަނީ ޕީއެސްއެމްއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލާއިރު ދައްކަން ޖެހޭ ފީ 15،000 ރުފިޔާއަށް ބޮޑުކުރަން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލެވެ.

މިއަދު ހެނދުނު މަޖިލީހުގެ ސެޝަނަށް 24 މެމްބަރުން ހާޒިރުވިއެވެ. ނަމަވެސް ވޯޓަށް އެހި ގަޑީގައި ހާޒިރުވެ ތިބީ ކިތައް މެމްބަރުން ކަމެއް ސާފެއް ނުވެއެވެ.

މަޖިލީހުގެ މެމްބަރުން އެކަށީގެންވާ އުޒުރެއް ނެތި މަޖިލީހަށް ހާޒިރު ނުވާ މައްސަލާގައި އެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ މިއަދުވެސް ޖަލްސާގައި ނަސޭހަތްތެރިވެފައެވެ. މަސީހު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އެކަށީގެންވާ އުޒުރެއް ނެތް ނަމަ މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށް ބުނެފައިވާތީ އެއާ އެއްގޮތަށް މެމްބަރުން އަމަލުކުރަން ޖެހޭ ކަމަށެވެ.

ނިމިދިޔަ ދައުރުވެސް މިދައުރުވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް ހާޒިރުވެފައެއް ނުވެއެވެ. އެބޭފުޅުން ވިދާޅުވަނީ މަސީހު ރިޔާސަތު ބައްލަވާ ޖަލްސާތަކުގައި ބައިވެރިނުވާނެ ކަމަށެވެ.

ރައްޔިތުންގެ އެއެއްގެ މައްޗަށް އަމަަލު ކުރަން ލާޒިމުކުރާ ކަންކަމުގައި ގާނޫނުތައް ފާސްކުރާއިރު 43 މެމްބަރުން ހަމަ ނުވިޔަސް ވޯޓަށް އަހަން މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮފައެވެ.

comment ކޮމެންޓް