ގްރީސްއިން ރާއްޖެއަށް ދިން ޑިގްރީއާއި މާސްޓާސް ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ސްކޯލާޝީޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގްރީސްގެ ސަރުކާރުން ރާއްޖެއަށް ދިން ބެޗެލާސް ޑިގްރީއާއިި މާސްޓާސް ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ)އިން އިއްޔެ ކުރި އިއުލާންގައި ބުނީ އެެ ކޯސްތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މެންދުރު 13:00 ގެ ކުރިން އެ ޑިޕާޓްމަންޓަށް އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަަމަށެވެ.

ހުޅުވާލި ކޯސްތަކުގެ ތެރެއިން ބެޗެލާސް ޑިގްރީގެ ޝަރުތުތަކުގެ ތެރޭގައި އޭ ލެވަލްގެ ތިން މާއްދާއިން ދަށްވެގެން އީ ފާސް ލިބިފައިވުން ހިމެނެއެވެ. އަދި މާސްޓާސް ޑީގްރީގެ ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެއެވެ.

ޑީއެޗްއީން ބުނީ އެ ކޯސްތަކަށް ހޮވޭ ދަރިވަރުން ގްރީކް ބަސް ދަސްކުރުމަށް އެއް އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އެ ކޯސްތަކަށް ހޮވޭ ކުދިންނަށް ޓިއުޝަން ފީގެ ހަރަދުގެ އިތުރުުން ލިވިން އެލަވަންސްއެއްގެ ގޮތުގައި 368 ޔޫރޯ ހަމަޖައްސައިދޭނެ ކަމަށްވެސްް ޑީއެޗްއީން ބުންޏެވެ.

comment ކޮމެންޓް