ޑްރޯން ޕްރޮޖެކްޓް ހުއްޓާލުމަށްފަހު ފޭސްބުކްއިން އިންޓަނެޓް ސެޓެލައިޓާ ދިމާއަށް

ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ފޭސްބުކްއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން މީގެ ކުރިން ކުރިއަށް ގެންދަން ނިންމި ޑްރޯން ޕްރޮޖެކްޓް އެއްފަރާތް ކޮށްލުމަށްފަހު، ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮޖެކްޓެއް ފަށަން ނިންމައިފިއެވެ.

ހަބަރުތައް ބުނާގޮތުން ކުރިއަރަމުންދާ ގައުމުތަކަށާއި އެންމެ ކުޑަކޮށް ކުރިއަރާފައިވާ ގައުމުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ފޭސްބުކްއިން ދަނީ އިންޓާނަލް ސެޓެލައިޓެއް ދޫކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.

"އެތީނާ"ގެ ނަން ދީފައިވާ މި ސެޓެލައިޓުގެ މަސައްކަތް ކުރަމުންދާކަން ފޭސްބުކްއިން ވަނީ ޔަގީންކޮށްދީފައެވެ. މީގެ އިތުރުން ފޭސްބުކްއިން ކުރިއަށް ގެންދިޔަ ޑްރޯން ޕްރޮޖެކްޓް ހުއްޓާލިކަންވެސް އެ ކުންފުނިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބްރޯޑްބޭންޑް ޑިވެލޮޕްމެންޓްް އާ ގުޅޭގޮތުން 2017 ގައި އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށް އަދިވެސް އިންޓަނެޓުގެ ހިދުމަތެއް ނުލިބެއެވެ. ފޭސްބުކް އިންް އަލަށް ފަށާ ޕްރޮޖެކްޓަކީ މި ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށް ފޭސްބުކްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް