ގެސްޓްހައުސް ސިޔާސަތުގައި ރައީސް ޔާމީންގެ ހިއްސާ އެބައޮތް: މޫސަ

މޫސަ ޕީޕީއެމްގެ ޖަލްސާ އެއްގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގެސްޓްހައުސް ސިޔާސަތަކީ ރައީސް ނަޝީދުގެ ވިސްނުންފުޅެއް ނޫން ކަމަށާއި ގެސްޓްހައުސް ސިޔާސަތުގައި ރައީސް އަބްދުﷲ ޔާމީނުގެ ހިއްސާ އޮތް ސިޔާސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އެ ޕާޓީގައި އިސްކޮށް އުޅުއްވި މޫސަ ވިދާޅުވީ މަޖިލީހުގެ ތެރެއިން ގެސްޓްހައުސް އާ ގުޅޭ ކަންތައް ނިންމުމުގައި މޫސަ މަސައްކަތް ކުރެއްވި އިރު އޭރު ޓްރޭޑް މިނިސްޓަރަކަށް ހުންނެވި އަދި މިހާރުގެ ރައީސް ޔާމީނުގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ.

މޫސަ ވިދާޅުވީ ގެސްޓްހައުސްގެ ސިޔާސަތާ ގުޅޭ ގަރާރު 2006 ވަނަ އަހަރު އެކުލަވާލެއްވީ މޫސަ ކަމަށާއިި އޭރު ރާއްޖޭގެ ރަށްރަށުގައި އެފަދަ ވިޔަފާރިތައް ހިންގުމުގެ ހުއްދަ ނޯންނަ ކަމަށެވެ. ރަށްރަށުގައި ޓޫރިޒަމްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައީސް އޮފީހުންދޭ ހުއްދަ އަކާ ގުޅިގެން ކަމަށް މޫސަ ވިދާޅުވި އެވެ.

ދެހާސް ފަސް ވަނަ އަހަރު ގެސްޓްހައުސް އާ ގުުޅޭ ގަރާރު އެކުލަވާލައި އެ ގަރާރު މަޖިލީހަށް ވެއްދުމުން ފުރަތަމަ މަޖިލީހުން ބޭރުކޮށްލި ކަމަށާއި ގެސްޓްހައުސް އާ ގުޅޭ ގަރާރު ފާސްވީ ދެވަނަ ފަހަރަށް މަޖިލީހަށް ވައްދައިގެން ކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ.

މޫސަ ވިދާޅުވީ ރައީސް ޔާމީން އޭރު ވިދާޅުވީ "ގެސްޓުހައުސް އަޅާ ނަމަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް" ކަމަށެވެ. ނަމަވެސް އެ ޕޮލިސީއާ އިންކާރު ނުކުރައްވާ ކަމަށެވެ. މޫސަ ވިދާޅުވީ 2013 ވަނަ އަހަރު އެމްޑީޕީ އިން ރިޔާސީ ކެމްޕެއިން ކުރި އިރު ގެސްޓްހައުސް ސިޔާސަތު ޕްރޮމޯޓު ކުރި ނަމަވެސް އެންމެ ފުރަތަމަ އެޕާޓީގެ މެނިފެސްޓޯގައި އެކަން ނެތް ކަމަށެވެ.

comment ކޮމެންޓް