100 މީހުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓު ލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ސަތޭކަ މީހުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޮޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި މީހުން ރަޖިސްޓްރީވާންޖެހޭނެ ކަމަށް ކޮމިޝަނުން ކަނޑައެޅި އަދަދު މުރާޖާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އަދަދު މުރާޖާ ކުރުމަށްފަހު 100 ދިވެހީން ވަޒީފާ އަދާކުރާ ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް އެއްބަސްވެފައިވާ ރިސޯޓުތަކުގައި ރީ ރަޖިސްޓްރީކުރަން ފުރުސަތު ހުޅުވާލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން ރިސޯޓުތަކުންނާއި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ މީހުން އެ ކޮމިޝަންގައި ކަންބޮޑުވުންފާޅުކުރި ކަމަށެވެ.

comment ކޮމެންޓް