ކެލާގެ ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވައިފި

ހއ. ކެލާގެ ނަރުދަމާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު --- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ

ހއ. ކެލާގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް 51,476,875.67 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗްގައެވެ. އެ މަސައްކަތް ނިންމާފައިވަނީ 27 ޑިސެމްބަރ 2016 ގައެވެ.

މި މަޝްރޫޢުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ރަށުގައި ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓައި 14.15 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމުކޮށްފައެވެ. އަދި ރަށުގެ 409 ގެއަށް ވަނީ މި ހިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 135 މީޓަރުގެ އައުޓްފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

comment ކޮމެންޓް