އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑެއް ތަޅާލައިފި

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިދިކޮޅު މައި ޕާޓީ އެމްޑީޕީ، އޮފީހުގެ ބިއްލޫރި ގަނޑެއް ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތާޅާލި ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 12:53ގައި ކަމަށާއި އެ މައްސަލަ ފުލުހުން ތަހްގީގް ކުރަމުންދާ ކަމަށެވެ. ނަމަވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައި ވަނީ އެއްޗެއް އެއްލައިގެންނެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ފުލުހުން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެމްޑީޕީ އޮފީހަށް ބަޔަކު ހަމަލާދީފައިވާ އިރު ދާދި ފަހުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ހުޅުމާލޭގައި ކެމްޕެއިން ކުރައްވަން އުޅުއްވަނިކޮށް ބަޔަކު ވަނީ ހުރަސް އަޅައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފަ އެވެ.

ހަމަ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ހުޅުމާލޭގައި ކެމްޕެއިން ކުރަމުން ދަނިކޮށް ބަޔަކު ވަނީ ކަޅުތެޔޮ ވެސް ޖަހައިފަ އެވެ.

ޕީޕީއެމްގެ ފަރާތުން ސަރުކާރުގެ މިނިސްޓަރުންތަކެއް ދޮރުން ދޮރަށް މާލޭގައި ކުރި ކެމްޕޭނެއްގައި ވެސް ވަނީ ބަޔަކު ހަމަނުޖެހުން ހިންގައިފަ އެވެ.

comment ކޮމެންޓް