ސަންޖޫގެ ކާމިޔާބީ އަށް ފަހު ރަންބީރު ވެސް ފިލްމު ކުޅެދޭ އަގު ބޮޑުކުރަނީ؟

ރަންބީރު ކަޕޫރު: މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަންޖޭ ދަތުގެ ބަޔޮޕިކްގައި

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ސަންޖޫ"ގެ ކާމިޔާބަށް ފަހު ކުޅަދާނަ ބަތަލު ރަންބީރު ކަޕޫރު ފިލްމު ކުޅެދޭ އަގު ބޮޑުކުރާނެ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފި އެވެ.

ގިނަ ސިނަމާތަކުގައި މިހާރު ވެސް ދައްކަމުން އަންނަ ފިލްމު ސަންޖޫގައި ރަންބީރުގެ އެކްޓިންނަށް ސުވާލު އުފައްދާނެ ޖާގަ އެއް ނެތް ކަމަށާއި ފިލްމުގައި ދައްކުވައިދީފައިވާ ހުނަރު ފުރިހަމަކަމުން ފިލްމު ކުޅެދޭ އަގު ބޮޑުކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ރަންބީރު ކުރިން ފިލްމު ކުޅެދޭ އަގަކީ 22 ކުރޯޑާ 25 ކުރޯޑު ރުޕީސް އާ ދެމެދުގެ އަގެއްގަ އެވެ.

ނަމަވެސް މިކަމާ ގުޅޭ އެއްވެސް ވާހަކައެއް ރަންބީރު ދައްކާފައެއް ނުވެ އެވެ. ރަންބީރު މިވަގުތު ކުރާ މަސައްކަތަކީ "ބުރައްމަސްތުރާ" އެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފަންނާނުން ވަނީ ފިލްމު ކުޅެދޭ އަގުބޮޑު ކޮށްފަ އެވެ. "ޖުޅްވާ 2"ގެ ކާމިޔާބީ އަށް ފަހު ބަތަލު ވަރުން ދަވަން ވެސް ވަނީ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފަ އެވެ.

comment ކޮމެންޓް