މަދޫބާލާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަނީ

ބަތަލާ މަދޫބާލާ---

"ދަ ވީނަސް އޮފް އިންޑިއަން ސިނެމާ"ގެ ނަމުން މަޝްހޫރުވި ބަތަލާ މަދޫބާލާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފިއެވެ.

ޒުވާން އުމުރުގައި މަރުވި ބަތަލާ މަޝްހޫރުވެފައިވަނީ އިންޑިއަން ސިނަމާގެ އެންމެ ރީތި ބަތަލާ އިންގެ ތެރެއިންނެވެ.

މަދޫބާލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމާ ގުޅޭ ގޮތުން އޭނާގެ ކޮއްކޮ މަދޫރް ބްރިޖް ބުނީ ފިލްމު ހަދަން ނިންމާފައިވާ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ފިލްމު އިއުލާންވެސް ކުރާނެ ކަމަށެވެ.

މަދޫރް މީޑިއާތަކަށް މިހެން ބުނިއިރުު ގިނަ ޕްރޮޑިއުސަރުންތަކެއް ވަނީ މީގެ ކުރިންވެސް އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާފައެވެ. ނަމަވެސް މަދޫބާލާގެ އާއިލާއިން އެކަމަށް ކުރިން ވަނީ ހުރަސް އަޅާފައެވެ.

"ސީދާ އާއިލާގެ ބެލުމުގެ ދަށުން ފިލްމު ހަދާނީ،" މަދޫރް ބުންޏެވެ.

ގިނަ އަދަދެއްގެ ބަތަލާއިން މަދޫބާލާގެ ކެރެކްޓަރު ކުޅުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާއިރު އަދި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން ފިލްމާ ބެހޭ ވާހަކަ އެއް ދައްކާފައެއް ނުވެއެވެ. ކަންގަނާ ރަނައުތު، ޖާންވީ ކަޕޫރު އަދި ވިދްޔާ ބާލަން ވެސް ވަނީ އެ ފިލްމު ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މަދޫބާލާ މަރުވީ އޭނާ އުމުރުން 36 އަހަރުގައެވެ.

comment ކޮމެންޓް