އިހަވަންދޫ ސިއްހީމަރުކަޒުގެ ނަން "އާމިނާތަކުރުފާނު ސިއްހީމަރުކަޒު" ނަމަށް ބަދަލުކޮށްފި

އިހަވަންދޫ ސިއްހީ މަރުކަޒު --- ފޮޓޯ އިހަވަންދޫ އޮންލައިން

ހއ. އިހަވަންދޫ ސިއްހީމަރުކަޒުގެ ނަން "އާމިނާތަކުރުފާނު ސިއްހީ މަރުކަޒު" ނަމަށް ބަދަލުކޮށްފިއެވެ.

ސިއްހީމަރުކަޒުގެ ނަން ބަދަލުކުރެއްވި ކަން އިއުލާނު ކުރެއްވީ އިހަވަންދޫގެ ނަރުދަމާގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ރައީސް ވިދާޅުވީ އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަން ބަދަލުކުރެއްވީ އެރަށުގެ ރައްޔިތުން އެކަމަށް ބޭނުންވެގެން ކަމަށެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ ބަތަލު މުހައްމަދު ތަކުރުފާނާއި ހަސަން ތަކުރުފާނުގެ މަންމާފާފުޅުގެ އުފައްރަށް، އިހަވަންދޫގައި ހުންނަ ސިއްހީ މަރުކަޒުގެ ނަން އެކަމަނާގެ ނަންފުޅާ ގުޅުވައިގެން ބަދަލު ކޮށްދެއްވީ އެކަމަނާ އަކީ އިހަވަންދޫގެ ފަޚުރަކަށް ވެފައި، ރައްޔިތުންވެސް އެކަމަށް ބޭނުންވާކަން އިހުސާސްވެ ވަޑައިގަތުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއަދުން ފެށިގެން މި ސިއްހީ މަރުކަޒަކީ އައިމިނާ ތަރުކުރުފާނުގެ ހަނދާނުގެ ސިއްހީމަރުކަޒުކަމަށް ސަރުކާރުން ނިންމައިފިން،" ރައީސް ވިދާޅުވިއެވެ.

މިފަދަ ބިނާތަކިގެ ނަން ތާރީޚާ ގުޅޭގޮތަށް ބަދަލުކުރަންޖެހެނީ ތާރީޚަށް ކުރާ އިހުތިރާމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް