ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަލާލް އިންޓަނޭޝަނަލް ކޮންފަރެންސެއް

ގައުމީ ޔުނިވާސިޓީގައި މިއަދު ފެށި ހަލާލް އިންޓަނޭޝަނަލް ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަލާލް އިންޓެނޭޝަނަލް ކޮންފަރެންސްއެއް ފަށައިފިއެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮންފަރެންސް އިފްތިތާހް ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޮންފަރެންސަކީ ޔުނިވާސިޓީ އޮފް ސައިންސް މެލޭޝިއާއި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ އިތުރުން ގައުމީ ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ފެށި ހަލާލް އިންޓަނޭޝަނަލް ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއީ ހަލާލް އިންޓަނޭޝަނަލް ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ކޮންފަރެންސް ބާއްވައިފައިވަނީ ދެކުނު ކޮރެއާގައެވެ.

އެ ކޮންފަރެންސާ ބެހޭގޮތުން މައުލޫމާތު ދެމުން ސައުތު އޭޝިއަން އިސްލާމިކް ފައިނޭންސްގެ ވައިސް ރެކްޓާ އިޝާމް ސައީދު ވިދާޅުވީ އެ ކޮންފަރެންސްގައި ހަލާލް މެނޭޖްމަންޓާ ގުޅޭ ވަރަށް ގިނަ ދާއިރާތަކުން ކަރުދާސްތައް ހުށަހެޅިގެން ދާނެ ކަމަށެވެ. އެގޮތުން ކޮންފަރެންސްއާއި ޓޫރިޒަމްއާއި ފާމަސޫޓިކަލްސްގެ އިތުރުން ކާބޯތަކެއްޗާއި އަދި އިސްލާމިކް ފައިނޭންސްއާ ގުޅުން ހުރި ހަލާލް އިންޑަސްޓްރީތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ފެށި ހަލާލް އިންޓަނޭޝަނަލް ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެ ކޮންފަރެންސްގައި 40 އަށްވުރެ ގިނަ ކަރުދާސް ހުށަހެޅުމަށް ހަަމޖެހިފައިވާ ކަަމަށްވެސް އިޝާމް ވިދާޅުވިއެވެ.

އެ ކޮންފަރެންސްގައި އިންޑޮނީޝިއާ، މެލޭޝިއާ ނައިޖީރިއާ އަދި ޕާކިސްތާނުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް