ސެމްސަންގުގެ އަޕްޑޭޓްތައް: އެސް10 ތިން ސައިޒަކުން، އިން ޑިސްޕްލޭ ފިންގާ ޕްރިންޓް ސްކޭނާ ހިމެނޭ!

ސެމްސަންގުގެ ގެލެކްސީ ނޯޓް 9 އިއުލާނު ކުރުން ދެން އޮތީ މާ ދުރަކު ނޫނެވެ. މިއީ ސެމްސަންގުގެ އެންމެ ވަފާތެރި ފޭނުން އިންތިޒާރު ކުރާ ޕްރޮޑަކްޓެވެ. އަދި ސެމްސަންގުން އެންމެ ބުރަ މަސައްކަތް ކުރާ ޕްރޮޑަކްޓުވެސް މެއެވެ. އެމީހުންގެ އަތުގައި ހުރި އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު ހުރިހާ މޮޅުކަމެއް ނޯޓް ސީރީޒްގެ ފޯނު ތަކުގައި ހިމަނައެވެ.

ނޯޓްގެ ވާހަކަ ތަކާއެކު ދެން އިވޭ އަނެއް ވާހަކައަކީ އެމީހުންގެ ފްލެގްޝިޕް ފޯނު ގެލެކްސީ އެސް ސީރީޒްގެ ކުރިއަށް އޮތް އެސް10 ގެ ވާހަކައެވެ. މި މޮޑެލް އާ ގުޅޭ އާ އަޕްޑޭޓުތަަކަށް ބަލާއިރު އެސް 10 ތިން ސައިޒަކުން ނެރޭނެ ކަމަށް އެންމެ ފަހުގެ ހަބަރުތައް ބުނެއެވެ.

މިއީ އެޕަލް އިން ކުރިއަށް ނެރެން ނިންމާފައިވާ ފޯނުތަކާ އެއް ސައިޒެއްގެ ފޯނުތަކަކަށް ވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ. އޭގެ ތެރޭ ހިމެނެނީ 5.8 އިންޗީގެ ފޯނަކާއި 6.1 އަދި 6.4 އިންޗީގެ ފޯނެކެވެ. މީގެ ތެރެއިން 6.1 އަދި 6.4 އިންޗީގެ ފޯނުގައި އިން ޑިސްޕްލޭ ފިންގާ ޕްރިންޓް ސެންސާސް ހިމަނާނެއެވެ.

މީގެ އިތުރުން މި ފޯނުތަކުގައި ހިމަނާނެ ކެމެރާ އަކީ ސެމްސަންގުގެ ފޯނުތަކުގައި މިހާރު ހުރި ކެމެރާތަކަށްވުރެ މޮޅު ކެމެރާ ތަކަކަށް ވާނެ ކަމަށާއި އެގޮތުން ވައިޑް އޭންގަލް ތަކުން ފޮޓޯ ނެގުމަށް ޚާއްސަ ލެންސަކާއި ޕޯޓްރެއިޓް ފޮޓޯ ނަގަން ފްރޮންޓު ކެމެރާގައި ހާޢްސަ ކަންތައްތައް ހިމަނާނެ ކަމަށް ވެއެވެ.

ލަފާކުރެވޭގޮތުގައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން ސެމްސަންގުގެ ފްލެގްޝިޕް ގެލެކްސީ އެސް ސީރީޒްގެ އާ ފޯނު އިއުލާނު ކުރާނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް