މިފްކޯގެ "އޮބިނޯވޭ" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

މިފްކޯ އޮބިނޯވޭ ޕްރޮމޯޝަންގެ ލަކީޑްރޯ ނެގުން --- ސަން ފޮޓޯ: ފަޔާޒް މޫސާ

މިފްކޯގެ އުފެއްދުމެއް ގަނެގެން ތިން މީހަކަށް އުމްރާ ދަތުރެއް ލިބޭ "އޮބިނޯވޭ" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މިފްކޯ މަސްފިހާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ޕްރޮމޯޝަނުގެ ދަށުން އުމްރާ ދަތުރާއި ފްރިޖު އަދި ޓީވީ ލިބޭ ނަސީބުވެރިން ވަނީ ހޮވައިފަ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެފައި ވަނީ ޕްރޮމޯޝަން ކުރިއަށް ގެންދިޔަ މުއްދަތުގައި 100 ރުފިޔާ އިން މަތީގެ ވިޔަފާރިއެއް ކުރުމުން މިފްކޯގެ ފިހާރަތަކުން ދިން ކޫޕަން ފުރައި ކަނޑައެޅިފައިވާ ފޮއްޓަށް ކޫޕަން ލީ މީހުންނެވެ.

މިފްކޯ އޮބިނޯވޭ ޕްރޮމޯޝަންގެ ލަކީޑްރޯ ނެގުން --- ސަން ފޮޓޯ: ފަޔާޒް މޫސާ

އުމުރާ ދަތުރު ލިބުނު ތިން ނަސީބުވެރިންނަކީ ކޫޕަން ނަންބަރު 06414 އާއި އަހުމަދު އަލި ދީދީ އަދި ކޫޕަން ނަންބަރު 213977 އެވެ.

ދެވަނަ އިނާމަކަށް ކަނޑައަޅާފައިވާ ތިން އައިސް އަލަމާރީގެ ނަސީބުވެރިންނަކީ ކޫޕަން ނަންބަރު 182391 އާއި 14060 އަދި ކޫޕަން ނަންބަރު 102509 އެވެ.

މި ޕްރޮމޯޝަނުގެ ތިން ވަނަ އިނާމެއްގެ ގޮތުގައި ދޫކޮށްލި ހަތަރު ޓީވީގެ ނަސީބުވެރިންނަކީ ކޫޕަން ނަންބަރު 201228 އާއި ކޫޕަން ނަންބަރު245193 އާއި191881 އަދި ކޫޕަން ނަންބަރު 199263 އެވެ.

މިފްކޯ އިން ބުނީ ނަސީބުވެރިންނަށް ހައްގު އިނާމުތައް ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ހަވާލު ކުރާނެ ކަމަށެވެ.

comment ކޮމެންޓް