ރައީސްގެ އަނބިކަނބަލުންނަށް "ވުމަން އޮފް ދަ އިޔާ" އެވޯޑް އަރުވައިފި

އޮކްޓޯބަރު 30، 2017: "ފިޔާތޮށި ޖަގަހަ"އިގެ ނަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މާފަންނުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުން ބާރުވެރިކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެކަމަނާއަށް ވުމަން އޮފް ދައިޔާ އެވޯޑް އަރުވާފައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެ އެވޯޑް އަރުވާފައި ވަނީ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއާ އެވޯޑްސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޕްރޮފެޝަނަލް ވިމެން އެންޑް ކެރިއާ އެވޯޑްސް މޯލްޑިވްސް 2018ގެ ނަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އެ އެވޯޑް ދީފައި ވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްއިންނެވެ.

އެކި ދާއިރާތަކުން މިއެވޯޑް ޙާސިލްކޮށްފައިވާ މީހުންނަށް އެވޯޑް ޙަވާލުކުރީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ޙަފްލާއެއްގަ އެވެ. ރާއްޖެއަށް އަލަށް ތަޢާރަފްކޮށްފައިވާ މިއެވޯޑް ދީފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ މެރިޓް އެވޯޑާއި ރިކޮގްނިޝަން އެވޯޑާއި ގޯލްޑް އެވޯޑެވެ.

މިއެވޯޑް ލިބުނު ފަރާތްތަކުގެ މެދުގައި އިތުރު ކަންތައްތަކަކަށް ބެލުމަށް ފަހު ނޮމިނޭޓްވާ ފަސް ފަރާތަކަށް ސްރީލަންކާގައި ބާއްވާ ޕްރޮފެޝަނަލް ވުމެން އެންޑް ކެރިއާ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސް އިން ބުންޏެވެ.

comment ކޮމެންޓް