އެސްޓާސްއިން ހުޅުމާލޭގައި ވިއްކި ބަދިގޭ ސާމާނު ބަންޑެލްތައް މާލޭގައި ވެސް ވިއްކަނީ

އެސްޓާސްއިން ހުޅުމާލޭގައި ހުޅުވި ފިހާރާގައި ވިއްކި ބަދިގޭސާމާނު ހިމެނޭ ބަންޑަލް ތަކަށް ލިބުނު ތަރުހީބާއެކު މާލޭގައިވެސް ބަދިގޭސާމާނުގެ ބަންޑެލްތައް ވިއްކަން ފަށައިފިއެވެ.

އެސްޓާސްއިން ބުނީ ހުޅުމާލޭ ފިހާރާގައި ވިއްކަންފެށި ބަންޑެލްތަކަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މި ތަކެތި މާލޭގައި ވިއްކަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

މިއަދުން ފެށިގެން މިނިވަން ދުވަހުގެ ނިޔަލަށް މާލޭގައި ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ބަދިގޭ ސާމާނުގެ ބަންޑެލިތައް ވިއްކާނެއެވެ.

އެގޮތުން ސޭންޑްވިޗް މޭކަރަކާއި ޓޯސްޓަރެއް އަދި ފެން ކައްކާ ޖަގަކާއި އިސްތިރި އެއް ހިމެނޭ ބަންޑަލް 499 ރުފިޔާ އަށް ވިއްކާއިރު އެގޮތުން ސޭންޑްވިޗް މޭކަރަކާއި ޓޯސްޓަރަކާއި ފެން ކައްކާ ޖަގަކާއި އިސްތިރި އެއް އަދި ބްލެންޑަރު ހިމެނޭ ބަންޑަލް ވިއްކާނީ 799 ރުފިޔާ އަށެވެ.

މީގެ އިތުރުން ރައިސް ކުކާ، ސޭންޑްވިޗް މޭކާ، ޓޯސްޓަރުފެން ކައްކާ ޖަގު، އިސްތިރި، ބްލެންޑަރު އަދި ވަޅިސެޓު ހިމެނޭ ބަންޑަލް އެއް 1،111 ރުފިޔާ އަށް ވިއްކާނެ އެވެ.

ތަށި އަދި ސަމްސާ ހިމެނޭ ބަންޑެލިތަކެއްވެސް މި ޕްރޮމޯޝަންގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ކާތަކެތިރައްކާތެރިކަމާއެކު ބަންދުކޮށްފައި ހުންނަ ކޮންޓެއިނާ ތައްޓާއި، ފެންބޯ ތަށި އަދި ޖޯޑު، ބަތްކާތަށި ވަތުތަށި އަދި ބަތްކާ ތައްޓާއި އުނދުން ހިމެނޭ ބަންޑެލިތައްވެސް ހިމެނެއެވެ.

comment ކޮމެންޓް