އެޕަލް އިން އިންޑިއާގައި ވިއްކި އައިފޯނުގެ އަދަދު މަދުވެއްޖެ

އައިފޯނު 6އެސް ---

އިންޑިއާއަކީ އެޕަލްއަށް މާ ތާއީދު ބޮޑު މާކެޓެއް ނޫނެވެ. ނަމަވެސް އެޕަލްގެ ނިޗް މާކެޓެއް އިންޑިއާގައި އެބައޮތެވެ. އެމީހުންނަށް ހެޔޮ އަގުގައި އައިފޯނު ވިއްކުމަށް އެޕަލް އިން ވަނީ އިންޑިއާގައި ފެކްޓަރީ އެއްވެސް ގާއިމު ކޮށްފައެވެ.

ނަމަވެސް މި ހުރިހާ ކަމަކާއެކުވެސް އިންޑިއާގެ މާކެޓުން އެޕަލްއަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. ހަބަރުތައް ބުނާގޮތުން އަހަރުގެ ފުރަތަމަ ހާފުގައި އެޕަލްއަށް އިންޑިއާގައި އެއް މިލިއަން ފޯނުވެސް ނުވިއްކެއެވެ.

ބްލޫމްބާގް ބުނާގޮތުން އިންޑިއާގެ މޯބައިލް މާކެޓުން އެޕަލްއަށް ލިބެނީ އެންމެ ދެ ޕަސެންޓެވެ. ނަމަވެސް ހުސްވި 2017 ވަނަ އަހަރު އިންޑިއާގައި 3.2 މިލިއަން އައިފޯނު ވިކުނެވެ.

ދުނިޔޭގެ ސްމާޓްފޯނު މާކެޓުތަކަށް ބަލާއިރު އިންޑިއާއަކީ ތިންވަނައެވެ. ނަމަވެސް އިންޑިއާގެ ރައްޔިތުން ބޮޑަށް ބޭނުންވަނީ އަގުހެޔޮ ފޯނުތަކެވެ. އިންޑިއާގެ މާކެޓު ފުޅާކޮށް އަގުހެޔޮކޮށް ފޯނު ވިއްކުމަށް ސެމްސަންގުން ވެސް ވަނީ އިންޑިއާގައި ފެކްޓްރީއެއް ހުޅުވައިފައެވެ.

އެޕަލް އިން އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ. އިންޑިއާގެ ރައްޔިތުންނަށް އަމާޒުކޮށްގެން އައިފޯނުގެ 6އެސް އަދި އެސްއީ، އެގައުމުގައި އުފައްދައި ވިއްކަން އެޕަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް އިންޑިއާގައި 4ޖީ ފުޅާވެފައިވާއިރު އެގައުމުގައި މެދު ފަންތީގެ މީހުން ގިނަވެފައި، މިއީ އެޕަލްއަށް އޮތް ކުރިއެރުމެއް ކަމަށް އެޕަލް އިން ދެކެއެވެ.

comment ކޮމެންޓް