ޒީޓީއީއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެމެރިކާއިން ލުޔެއް ދީފި

ޗައިނާގެ ޓެކްނޮލަޖީ ކުންފުނި ޒީޓީއީއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީފިއެވެ.

ޗައިނާއިން ވިޔަވާރީގެ އެތިކްސްއާ ޚިލާފުވާކަމަށް ބުނެ އެމެރިކާއިން ވަނީ ޗައިނާގެ ކުންފުނިތަކާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ޒީޓީއީއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުޔެއް ދިނުމަށްފަހު އެމެރިކާއިން ވަނީ އެމެރިކާ ކުންފުނިތަކުން މޮބައިލް ފޯނު ކޮމްޕޯނެންޓްސް ގަތުމުގެ ހުއްދަ ޒީޓީއީއަށް ދީފައެވެ. މި ހުއްދަ ޒީޓީއީއަށް ދީފައިވަނީ އެމެރިކާއިން ބޭނުންވާ ބައެއް ކަންތައް ކުރުމަށް އެ ކުންފުނިން އެއްބަސްވުމުންނެވެ. އެގޮތުން ޒީޓީއީގެ އިސް މެނޭޖުމެންޓު އޯވާހޯލްކުރުމަށް އެމެރިކާއަށް ފުރުސަތު ދީ، އެމެރިކާއިން ކުރިމަތި ކުރި އެއް ބިލިއަން ޑޮލަރުގެ ޖޫރިމަނާވެސް ޒީޓީއީއިން ވަނީ އަދާކުރަން އެއްބަސްވެފައެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން ބުނީ ޒީޓީއީގެ ކަންތައް ވަރަށް ގާތުން ބަލާނެ ކަމަށެވެ.އޭޕްރީލް މަހު އެމެރިކާއިން ޒީޓީއީއާ ދެކޮޅަށް ފިޔަވަޅު އެޅި ފަހުން އެ ކުންފުންޏަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ.

އެމެރިކާއިން ދަނީ ޗައިނާގެ ވަކިވަކި ކުންފުނިތަކުގެ އިތުރުން މުޅި ޗައިނާގެ އިގްތިސާދާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

comment ކޮމެންޓް