70 މީހުންނާއި އެކު ދަތުރުކުރުމުން ދިޔަ ފެރީއެއް ހުއްޓުމުން ކަފު ޖަހައިގެން ސަލާމަތްކޮށްފި

70 މީހުންނާއި އެކު ދަތުރުކުރަމުން ދަނިކޮށް ހުއްޓުނު ފެރީ ކަފު ޖަހައިގެން ގެންދަނީ ---- ފޮޓޯ: އެމްއެންޑީއެފް

ގދ. ތިނަދޫއިން ފުރައިގެން 70 މީހުންނާއެކު ގއ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރަމުން ދިޔަ ފެރީއެއް ކަނޑު މައްޗަށް ހުއްޓުމުން އެ ފެރީ ކަފު ޖަހައިގެން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ "ދޮންދި" ނަމަކަށް ކިޔާ އެ ފެރީ ކަނޑު މައްޗަށް ހުއްޓިގެން ރިޕޯޓްކޮށްފައިވަނީ 14:15ގައި ކަމަށާއި އިތުރު ދޯންޏެއްގެ ފަހަތު ޖަހައިގެން ތިނަދޫ ބަނދަރަށް އެ ފެރީ ވައްދާފައިވާ ކަމަށެވެ.

70 މީހުންނާއި އެކު ދަތުރުކުރަމުން ދަނިކޮށް ހުއްޓުނު ފެރީ ތިނަދޫ ބަދަރަށް ވައްދަނީ ---- ފޮޓޯ: އެމްއެންޑީއެފް

ތިނަދޫއާއި ހައުޑިގަލާއާ ދެމެދަށް އެ ދޯނި ހުއްޓުނީ އިންޖީނަށް ދިމާވި މައްސަލައަކުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން އެ ސަރަހައްދަށް ގޮސް ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކަނޑުމައްޗަށް ހުއްޓުނު ދޯނި ތިނަދޫ ބަނދަރަށް ވައްދާފައިވަނީ ކަންނެލި ދޯންޏެއްގެ ފަހަތުގައި ޖަހަގެންނެވެ.

comment ކޮމެންޓް