ކާޑީބީ އަށް އަންހެން ކުއްޖަކު ލިބިއްޖެ

ކަޑީ ބީ އާ އޭނާގެ ފިރިމީހާ، --- ގެޓީ އިމޭޖަސް

ލަވަކިޔުންތެރިޔާ ކާޑީ ބީ އަށް އަންހެއް ކުއްޖަކު ލިބިއްޖެއެވެ.

ދަރިފުޅަށް ކީ ނަމާއެކު އޭނާ ވަނީ ފޭނުންނާ މި އުފާވެރި ޚަބަރު އިންސްޓަގްރާމު ޕޯސްޓެއް މެދުވެރިކޮށް ހިއްސާކޮށްފައެވެ. ކާޑީބީ ގެ މެޓާނިޓީ ފޮޓޯ އެއް އިންސްޓަގްރާމުކޮށް އޭނާ ވަނީ ދަރުފުޅަށް ކީ ނަން، "ކަލްޗާ ކިއާރީ ސެފަސް" ކެޕްޝަން އަކަށް ޖަހައިފައެވެ.

ކާޑީބީ ވިހާވައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާގެ ފިރިމީހާ، މިގޮސް ވެސް ވަނީ އެދެމަފިންނަށް އަންހެން ދަރިއަކު ލިބުނު ޚަބަރު އޭނާގެ ފޭނުންނާ ހިއްސާ ކޮށްފައެވެ.

ކާޑީބީއާ މިގޮސް ކައިވެނި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެދެމީހުންގެ ކައިވެނި ކޮށްފައިވަނީ ވަރަށް ސިއްރުންނެވެ. އެކަމާ ގުޅޭގޮތުން ޓޯކް ޝޯ އެއްގައި ކާޑީ ބީ ބުނީ ބައެއް ކަންތަކަކީ އިއުލާނު ކރުަން ޖެހޭ ކަންތައް ނޫން ކަމަށެވެ. ދަރިއަކު ލިބެން އުޅޭކަން ކާޑީ ބީ ވަނީ މިއަހަރުގެ ކުރީކޮޅު އިއުލާނު ކޮށްފައެވެ.

ކާޑީބީ އަށް ލިބުނު ދަރިފުޅަށް ކީ ނަމަކީ ދަރިފުޅުގެ ބައްޕަ ދިން ނަމެއް ކަމަށް އޭނާ ބުނެއެވެ.

comment ކޮމެންޓް