ރާއްޖޭގައި އަލަށް ފަށާ މެޑިކަލް ކޮލެޖުގެ ކިޔެވުން އަންނަ ސެޕްޓެމްބަރު މަހު ފަށަނީ

ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް: އެ އިމާރާތުގެ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ މެޑިކަލް ކޮލެޖަށް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އަލަށް ފަށާ މެޑިކަލް ކޮލެޖުގެ ކިޔަވުން އަންނަ ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން "ސަން' އަށް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ކިޔެވުން ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

"މެޑިކަލް ކޮލެޖަށް ބޭނުންުވާ ގިނަ އިކުއިޕްމަންޓްތަކާ ފޮތްތައްވެސް މިހާރުވަނީ ރާއްޖެ ގެނެސްފައި. ދެން ކިޔަވައިދިނުމަށް ބޭނުންވާ ލެބޯޓަރީވެސް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަަކަށް ނިމިފައި." ޝާހީން ވިދާޅުވިއެވެ.

މެޑިކަލް ކޮލެޖްގެ ކިޔެވުން ފަށަން ކުރިން ހަމަޖެހިފައިއޮތީ މިމަހުއެވެ. ނަމަވެސް ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކިިޔަވައިދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ނުނިމުމުގެ ސަބަބުން މިހާރު ވަނީ ސެޕްޓެމްބަރު މަަހަށް ލަސްކުރީއެވެ.

ޑޮކްޓަރުކަން ކިޔަވައިދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގި ފިލާއެއް ވަނީ ހާއްސަކޮށްފައެވެ.

ޑޮކްޓަރުކަން ކިޔެވުމަށް 50 ފުރުސަތު ގައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލައިފައެވެ. އަދި އެ ކޯހަށް ފަންޑުކޮށްދިނުމުގެ ގޮތުން 33 ދަރިވަރަކަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ވަނީ ލޯނުގެ ފުުރުސަތުވެސް ހަމަޖައްސައިދީފައެވެ.

comment ކޮމެންޓް