ތަފާތު ލޯތްބެއް - 20

"ނާޔަލް. ކައިޒާން ކޮބާތަ؟ ޕްލީޒް ޓެލް މީ ވަޓްސް ގޮއިން އޮން......." ކެމީލާ ކޮރިޑޯއިން ހިނގައިގަތެވެ.

"މިހިރީ ކެމީލާ ކުރިންވެސް އުޅޭ ކޮޓަރި. މިތާ ހެދުންތައްވެސް ހުންނާނެ. ކައިވެންޏަށް ތައްޔާރުވެގެން ނުކުމޭ..މިހާރު ގާޒީން އަންނާނެ. ކެމީލާގެ ބައްޕަ ވަލީގެ ސިޓީ ފޮނުވައިފި.........." ނާޔަލް ބުނެލައިފިއެވެ. އިތުރު އެއްޗެއް ނުބުނެ އޭނަ ނުކުތުމުން ކެމީލާގެ ހިތް އުފަލުން ނަށައިލިއެވެ. މޫނު ދޮވެލާފައި އޭނަ ތައްޔާރުވާންފެށިއެވެ. ހެދުން އަލަމާރި ހުޅުވާލާފައި އެތެރެއިންލާ ޕެޓީ ކޯޓަކާއިއެކު ފިޔާތޮށިކުލައިގެ ދިގު މިޑީއެއްހެން އޮތް ހެދުމެއްލައިގެން ބެލްޓް އެޅުވިއެވެ. ބޭރުން ލީ ގަދަ ފިޔާތޮށްޓާއި މެގެންޓާކުލައިގެ ދިގުކޯޓެކެވެ. ބައިގަޑިއެއްހާއިރު ފަހުން ނާޔަލް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ހަށަންބަދެލިއެވެ.

"އަބަދު އަނދިރިކަމުގެ ތެރޭ ނުބެހެއްޓޭނެ. ކެމީލާއަށްވެސް އެނގެން ޖެހޭނެ. މިއޮތީ ކެމީލާގެ ބައްޕަގެ ވަލީ ސިޓީ. ޗެކް ދިސް. ދެން ނުބުނައްޗޭ ނޫނެކޭ. އޯލްރެޑީ ގާޒީން އެބަތިބި." ނާޔަލް އެ ސިޓީ ދިއްކޮށްލުމުން ކިޔާލުމާއިއެކު މޫނުގައިވާހާ ލޭތައް އެއްފަހަރާ ހުސްވިފަދައެވެ. ހުދު ކަފަކޮޅެއްހެން ވުމާއިއެކު ހައިރާންކަމުގެ ނަޒަރަކުން ނާޔަލްގެ މޫނަށް ބަލާލައިފިއެވެ. އޭނަގެ ބައްޕަގެ ސިޓީގައި ވަލީދީފައި އޮތީ ނާޔަލްއާއި ކައިވެނިކުރާށެވެ. ކައިޒާންއަކާއި ނޫނެވެ. އޭނަ މޮޔަ ހައްދާލާފައި ނާޔަލް އޭނަ ލައްވާ ރަން ކިޔުއްވައިފިއެވެ.

"ވަލީހޯދަން ބުނި މީހާއަށް ބައްޕަ ވަލީދިނީ. ދެކޮޅު ހެދޭކަށްނެތް. ރީޒަން ވަން ކެމީލާއާއި އިންނަން އެންމެ ކުރިން އެހީ އަހަރެން. ރީޒަން ޓޫ އުމުރު ދުވަހު ކައިޒާންގެ ފަހަތުން އުޅުނަސް އޭނައަށް އާންޓްގެ ރުހުން ނެތި ކައިވެންޏެއް ނުކުރެވޭނެ. ރީޒަން ތްރީ ކައިވެނިކުރަން އެއްބަސްނުވަންޏާ ކައިޒާން މިދުނިޔެއަކު ނުހުންނާނެ. ސޯ އިތުރަށް މަގޭ ބޮލަށް އުދަގޫނުކޮށް އާދޭ. ޑޯންޓް ޓެސްޓް މައި ޕޭޝަންސް...." ނާޔަލް ކެމިލާގެ ޝޯލްގެ ދޫކޮށްލާފައި އޮތް ބައިން މޫނު ފޮރުވޭގޮތަށް ނަގާފައި އެދުނީ ޕިނެއް ޖެހުމަށެވެ.

"ފިރިހެނުންނަށް ތި މޫނު ދައްކާކަށް މަށެއް ބޭނުމެއްނޫން. އަހަރެން ބުނީމެއްނު ހަމައެކަނި މަގޭ މީހެކޭ. އެހެންމީހުންނަށް މި ރީތިކަން ފެނިގެންނުވާނެ.. ޖަސްޓް ބީ މައިން. އޯކޭ..........." ނާޔަލް ގެ ޖުމްލަތަކާއިއެކު ރުޅިގަދަވެފައި ހުރި ކެމީލާގެ އަތް ވައިގެ ތެރޭ ހަރަކާތްކޮށްލިއެވެ. ނާޔަލްގެ މުނަށް އެރި ހޫނު ދިލަ އެތިފަހަރުން ނާޔަލްއަށް އަތްކާއްތާލެވުނެވެ. އޭނަ ކެމީލާގެ އަތުގައި ހިފަހައްޓަން އުޅުނުނަމަ ހިފެހެއްޓުނީހެވެ.

"އައި ހޭޓް ޔޫ...."

"ކިލް މީ އަހަރެން މަރާލާ. އެނިމުނީ ބޭނުމެއްނޫން ތި މީހާގަނޑާއި އިންނާކަށް ތިހާ ނަފްރަތުކުރާ ފޫހިވާ އިންސާނެއް މިދުނިޔެއަކުނެތް. ތީ މީހުން ފޭރޭމީހެއް. ނުލަފާ ފިރިހެންގަނޑެއް. ވަރަށް ރުޅިއާދޭ. ދުވަހަކު ދުވަހަކު މާފެއްނުކުރާނަން. އޮޅުވާލައިގެން ބައްޕަ ކައިރިން ވަލީ ހޯދީ ކައިޒާންއަށްވެސް އޮޅުވައިލީ. ތިމާގެ ކޮއްކޮގެ ލޯބިވެރިޔާ ޖަހައިގަންނާނީ ލަދުކުޑަ ހަޔާތެއްނެތް ފިރިހެނެއް. ކުރިން ވަރަށް އިހުތިރާމްކުރިން ގަދަރުކުރިން. މިހާރު މިހިތުގައިވާ ހުރިހާ އެއްޗެއް ދިޔައީ. ތްރެޓްކޮށްގެން ލޯތްބެއް ނުހޯދޭނެ. ގަދަކަމުން ނުފޭރޭނެ. ހިތް ނަގާ ދެފަޅިކޮށްލިޔަސް ހިތުގެ ވެރިޔަކަށް ނުވެވޭނެ. ލޯބިވަނީ ކައިޒާންދެކެ އަބަދަށްވެސް ވާނީ ކައިދެކެ. ގަދަކަމުން ކައިވެނިކުރިޔަސް ހިތްހެޔޮނުކުރާނަން އިގިލިކުރި ޖައްސާލިޔަސް....." ކެމީލާ ދުވަހަކު މީހަކާއި ދިމާލަށް ރުޅިއައިސްގެން އެގޮތަށް އެއްޗެހި ކިޔާފައެއްނުވެއެވެ. އެހާ ރުޅިއައި ހަނދާނެއްވެސް ނުވެއެވެ. ނަމަވެސް ނާޔަލްގެ އަމަލުހުރިގޮތުން ހިތުގައި އޮތް ގަދަރާއި އިއްޒަތެއް ވެޔާއި މޮޑެވިއްޖެއެވެ.

"އޯކޭ......" ނާޔަލް އިތުރު އެއްޗެކޭ ބުނުމެއްނެތި ނުކުމެންދިޔައީއެވެ.

އެހެދިގޮތުން ކެމީލާ ހައިރާންވިއެވެ. ނާޔަލް ލަދުގަތްވަރުން ކައިވެނި ކެންސަލްކޮށްލީކަމަށް ވެދާނެއެވެ. އެ ހަނި ސިކުނޑިއަށް އެއްޗެއް ވިސްނުނީކަމަށް ވެދާނެއެވެ. ކެމީލާ ރޮއިރޮއި ވަރުބަލިވާގޮތްވުމުން ހުއްޓާލާފައި ފޯނުން ކައިޒާންއަށް ގުޅަން މަސައްކަތްކުރިއެވެ. ކައިޒާން ކައިރީ ބުނަންވީހެއްޔެވެ. ނޫނެކެވެ. ކައިޒާން ދެރަވާނެއެވެ. ވަރަށް ދެރަވާނެއެވެ. މިނުލަފާ ނާޔަލް ބަޑި ގެންގުޅޭއިރު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނާޔަލްގެ އިންޒާރުތައް ހަދާންވެފައި އޭނަ ހިމޭންވިއެވެ. އުލާއަށް ގުޅާފައި މާމައަށް ސައިދޭން އެދުނެވެ.

ނާޔަލް ފެންޑާއަށް ނުކުމެ ހުރެފައި ކައިޒާންއަށް ގުޅިއެވެ. އޭނަ ވާހަކަ ގެންދިޔައީ ސީދާ މައުޟޫއަށެވެ.

"އައި ނީޑް ޓު ޓޯކް ޓު ޔޫ.....ކެމީލާއާއި ބެހޭގޮތުން. ކައި ކެމީލާއާއި ރައްޓެހިވެގެން އުޅޭތީ އެކަމާއި ބެހޭގޮތުން އެއްޗެކޭ ބުނަން ބޭނުން. ކައި އޭނައާއި ދިމާވުމުގެ ކުރިންވެސް އަހަންނާއި ކައި މާ ރައްޓެހި. އޭނައަށްވުރެ އަހަރެން ދޯ މުހިއްމުވާން ޖެހޭނީ. ވީ ހޭވް ބީން ބެސްޓްފްރެންޑްސް ސިންސް ޗައިލްޑްހުޑް. އެހެންވީމަ އަހަރެން އެދެނީ އެންމެކަމެއް. މިހިސާބުން ކެމީލާއާއި އޮތްހާ ގުޅުމެއް ކަނޑައިލަން. އޭނައާއި ކައިވެނިކުރުން ހުއްޓާލުން. އޭނައާއި ކައިވެނި ކޮށްފިއްޔާ ދުވަހަކު މާފެއްނުކުރާނަން............." ނާޔަލްގެ ވާހަކަ އެހިސާބަށް ދިޔައިރު ކައިޒާންގެ ސިކުނޑިއަށް ކުރި އަސަރުގެ ބޮޑުކަމުން އޭނަ ބަދަލުވެދާނެކަމަކަށް އޭރު ނާޔަލް ވިސްނައިނުލައެވެ. އޭނަވެސް ހުރީ އެއަށްވުރެ ބޮޑަށް އެކަން ހުއްޓުވަން ބޭނުންވެފައެވެ. ކައިޒާން ޖަވާބެއް ނުދިނެވެ. ދެން އިވުނީ ހަޅޭއްލަވައިގަތް ކަހަލަ އަޑެކެވެ.

"ތެންކިއު ޑޮކްޓަރ. ޔޫ ޓްރައިޑް ޔޯ ބެސްޓް....." ކައިޒާންގެ ޖަވާބު އައީ އެގޮތަށް ހަޅޭއްލަވާފައި އިރުކޮޅެއްފަހުންނެވެ. ފްރެންޗު ބަހުންނެވެ. އެއާއިއެކު ނާޔަލްއަށް އެއްޗެއް ވިސްނުނެވެ. ކައިޒާންއަށްޓަކާ އޭނަ ބޭއްވި ސެޝަނެއްގައި ޖޯންގެ އިތުރުން އެހެން ޝަޚުސްތަކެއް އޭނަގެ ސިކުނޑީގައި އުޅޭކަމަށާއި އޭގެ ތެރެއިން ޑާކް ވާހަކަދައްކަނީ ފްރެންޗުބަހުން ކަމުގަޔާއި އޭނައަކީ އަބަދުވެސް އަމިއްލައަށް މަރުވާން އުޅޭ ޒުވާނާކަމުގައި ކައިޒާންވަނީ ބުނެފައެވެ. ދެންމެ އެ ފޮނުވި ބިރުވެރި މެސެޖުން ގައިން ހީބިހި ހަލުވާލައިފިއެވެ. އެއީ މަލްޓިޕްލް ޕާސްނެލިޓީ ޑިސްއޯޑާހުންނަ އެންމެންގެހެން އުޅޭ ޝަޚުސެކެވެ. ޑިޕްރެޝަންއަށްގޮސް އަމިއްލަ ނަފުސަށް އިތުބާރުނުކުރުމާއި މާޔޫސްވުން އިންތިހާއަށް ގޮސް މަރުވާން އުޅޭ ޝަޚުސްގެ ސަބަބުން މީހާގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފާނެއެވެ. ހަޅޭއްލަވާ އެގޮތަށް ހެދީ ކައިޒާން ބަދަލުވީމައެވެ. ހާސްކަމާއިއެކު ނާޔަލް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"ޑާކް؟ " ނާޔަލް ވީޑިއޯ ކޯލް ޖެއްސިއެވެ. ކައިޒާން ހުރިތަން ފާހަގަކޮށްލަން ނާޔަލްއަށް ފަސޭހަވިއެވެ.

"އުއި. ކޭސް ކެޗޫވާ..............." ޑާކް ވާހަކަދެއްކީ ފްރެންޗު ބަހުންނެވެ. ތަފާތު އަޑަކުންނެވެ. ކައިޒާންގެ އަޑު ހެނެއްވެސް ހިޔެއްނުވެއެވެ. ޝަޚުސް ބަދަލުވާއިރު އަޑަށް އެބަދަލުތައް ގެންނަނީ ކިހިނެއް ބާވައޭވެސް ނާޔަލްގެ ހިތަށް އެރިއެވެ. ހުރިހާވެސް އެއްޗަކީ މީހާގެ ސިކުނޑިއެވެ. އެހާވެސް ބާރުގަދަ އަޖައިބެއްފަދަ ގުނަވަނެކެވެ.

ނާޔަލް ޑާކް އާ ވާހަކަދައްކަން ހުރެ އަނެއް ފޯނުން މާކަސްއަށް މެސެޖްކުރިއެވެ. ކައިޒާން ހުއްޓުވަން ނާޔަލް އަމުރުކުރިއެވެ. އަދި އޭނަގެ ޚާއްސަ ބޮޑީގާޑުންނަށްވެސް އެންގީ ކައިޒާންގެ ފުރާނައަށް އެއްވެސް ގެއްލެއްވިޔަނުދީ ރަގަޅަށް ބެލެހެއްޓުމަށެވެ. ނާޔަލް ހިނި އައެވެ. ނަސީބު އޭނައާއި އެއްކޮޅަށް މިފަހަރުވެސް މަންޒަރެއް ކުރިމަތިކުރުވައިފިއެވެ. ކައިޒާންގެ ސަބަބުން ކެމިލާއަށް މަޖުބޫރުކުރަން ކިތަންމެހާވެސް ފަސޭހަވެއްޖެއެވެ.

"ކައި ހުރި ހިސާބާއި ވަރަށް ކައިރިވެއްޖެ. ލައިކް ހަމަ ޓޫ މިނިޓުން ވިލް ރީޗް ހިމް ޑޯންޓް ވޮރީ..."މާކަސްގެ ކޯލުން ނާޔަލްގެ ހިތަށް ހަމަޖެހުމާއި ޔަގީންކަން ލިބުނެވެ. މާކަސްމެންނަށް ކައިޒާން ހިފެހެއްޓޭނެކަން ޔަގީންވުމުން ނާޔަލް އުފާވިއެވެ. ކެމީލާ ބިރުގަންނަވަން ފަސޭހަވާނެއެވެ.

ނާޔަލް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކެމީލާ އިނީ ބިންމަތީގައި ދެއަތް އުފުލާލައިގެން ދުޢާކުރާށެވެ. ކޯތާފަތްމަތިން ކަރުނައިގެ ރޮގެއް ދެމިފައެވެ. ކެމީލާ ނާޔަލްއަށް ބަލައިލީ ރުޅިވެރިކަމާއި ނަފްރަތުން ފުރިގެންވާ ބަލައިލުމަކުންނެވެ. އެ ލޮލުގައި ނާޔަލްއަށްޓަކާ ކުލުނުގެ ކަންފުޅެއްވެސްނެތެވެ. ނާޔަލް ބުނީ އޭނަ މިއައީ ކެމީލާއަށް ކޮންމެހެން ފެންނަން ޖެހޭ ލައިވް މަންޒަރެއް ދެއްކުމަށްކަމަށެވެ. ކައިޒާން ކްލިފަށް އަރާ ހުރި މަންޒަރެވެ. ކެމީލާ މޭގައި އަތް އަޅާލިއިރު ކަރުތެރެއިން ހާސްކަމާއިއެކު އަޑެއް ލައްވައިލެވުނެވެ. ކައިޒާން އެހާ އުސްތަނަކަށް އަރާ އެހެރީ ކީއްވެހެއްޔެވެ.

"ކެމީލާގެ ސަބަބުން ކައި ސުއިސައިޑްކުރަން އެއުޅެނީ......"

"ވަޓް؟" ކެމީލާގެ ލޯ ފެންކަޅިވެގެން ދިޔުމާއެކު ނާޔަލްގެ އަތުގައި އޮތް ފޯނު ހޯދަން އުޅެވުނެވެ. ނާޔަލް މިހާ ހަމަޖެހިލައިގެން މިހިރީ ކައިޒާންއަށް ކިހާވަރެއްގެ އިތުބާރެއްކުރާތީހެއްޔެވެ. ކައިޒާން ފުންމާނުލިކަމުގައިވިޔަސް ފައި ކައްސާލިކަމުގައިވިޔަސް އެތަނުން ވެއްޓި ފުރާނަވެސް ހިނގައިދާނެއެވެ.

"އާ. ސުއިސައިޑާއި ހަމަޔަށް އެދިޔައީ ކެމީލާއާއި ހެދި. އެނގޭތަ ކައި މަންމަމެން އެއްގޮތަކަށްވެސް ކައި ކެޓްއާއި ކައިވެނިކުރަން އެއްބަސް ނޫންކަން. ދުވަހަކު ނުވާނެކަން. އެމީހުން މަސައްކަތްކުރަނީ އެ ކައިވެނި ހުއްޓުވަން. ކޮންމެގޮތެއް ހަދާފައިވެސް އެކައިވެނި ވިޔަކަނުދޭނެ. ފެމިލީ އިން އެއްގޮތަކަށްވެސް ނޭދޭ ކެމީލާ ކައިޒާންއާއި ގުޅެން އެހެންވީމަ ހުރިހާ ގޮތަކުންވެސް ކައިއަށް އޭގެ ނުރައްކާ އޮތީ. އެކަމާ ވިސްނަމުންގޮސް ޕްރެޝާ ބޮޑުވެގެން އެންމެފަހުން އެއޮތީ ސުއިސައިޑްވާން ކްލިފަކަށް އަރާފައި. ކައި އެތަނުން ސަލާމަތްކޮށްދޭނީ އެންމެ ޝަރުތެއްގެ މަތިން. ކެޓް އަހަންނާއި އިންނަން އެއްބަސްވޭ. ނޫނީ އަހަރެން ހަމަ ކައިޒާން ހަދާނެ އެއްޗެއް ހަދަން ދޫކޮށްލާނީ......" ނާޔަލްގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއްވެރިވެގެން ދިޔުމާއިއެކު ކެމީލާގެ ހިތްވެސް ބޭރަށް ފުންމައިލިހެން ހީވިއެވެ. މޭގައި ރިހުމެއް އުފެދުނެވެ.

"ޕްލީޒް ސޭވް ހިމް އައި ބެގް ޔޫ......" ކެމިލާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. "ކައި ސަލާމަތްކޮށްދީ. ޕްލީޒް ޕްލީޒް ޕްލީޒް..........."

"މިބުނީނު އެންމެ ގޮތަކުންނޭ..... ކައުންޓް ޑައުން ބިގިންސް. އަހަރެން އެތަނަށް މީހަކު ފޮނުވާނީ އަހަރެމެންގެ ކައިވެންޏަށްފަހު. ދެން ވަގުތު ގެއްލުވަން ބޭނުމިއްޔާ ކެޓް ވާހަކަދައްކަން އިނދޭ. އައި ޑޯންޓް ކެއާ. އަހަރެން ހަމަ އޭނަ ކްލިފުން ފުންމާލާ މަންޒަރު ރިކޯޑްކުރަން މިތާ އިންނާނީ. ދެމީހުންނަށްވެސް ސުއިސައިޑްވާތަން ފެންނާނެއްނު. އެގޮތް ބޭނުމިއްޔާ އަހަންނަށްވެސް ފަރުވާލެއްނެތް....." ނާޔަލް ފޯނު ދެއްކިއެވެ. އޭރު ކައިޒާން ސަތޭކައިން ފެށިގެން ގުނަންފެށިއެވެ. ފްރެންޗުއިންނެވެ. ހަގީގަތަކީ ކައިޒާން ސަލާމަތްކުރަން އޭނަވަނީ މާކަސްއާއި އޭނަގެ ހަށިފާރަވެރިންނަށްވެސް އަމުރުކޮށްފައެވެ. ކައިޒާންއަށް ގޯހެއް ހެދިޔަނުދީ އެމީހުން ކައިޒާން ހިފަހައްޓާނެއެވެ. ކެމީލާ ނާޔަލްއާއި އިންނަން އެއްބަސް ނުވިކަމުގައިވިޔަސް އޭނަ ފަހަރެއްގައިވެސް ކައިޒާންގެ ފުރާނައަށް ނުރައްކަލެއްވިޔަކަ ނުދޭނެއެވެ. ކެމީލާއަށް މަޖުބޫރުކުރަންވެގެން ބިރު ދެއްކީއެވެ.

ކެމީލާގެ ހިތަށް ދުވަހަކު ނުވަންނަހާ ބިރުވެރިކަންވަދެ މުޅި ކުއްޖާ ގަނޑުފެންކޮޅެއްހެން ފިނިވެގެން ދިޔައެވެ. ލޯބިވާ ކައިޒާންއަށްޓަކާ ފުރާނަ ގުރުބާން ކުރަން ތައްޔާރަށް ހުރި ކެމީލާ ވަގުތުން އިންތަނުން ފުންމައިގެން ތެދުވެ ނާޔާލްގެ އަތުގައި ހިފާ ދަމައިގަތެވެ.

"އައިމް ރެޑީ. އައި ވިލް މެރީ ޔޫ. އެކަމަކު ޕްލީޒް ސޭވް ހިމް...." ކެމީލާއަށް ހަޅޭއްލަވައިގަނެވުނެވެ.

"އޯކޭ އޯކޭ."

"ފޮގިވް މީ ކެމީލާ ބަޓް އައިމް ޑެސްޕެރޭޓް..." ނާޔަލް ހިތާހިތުން ކިޔައިލިއެވެ.

ނާޔަލް ތިރީބައިގެ ކޮޓަރިއެއް ހުޅުވާލިއިރު ރަންކުލައިގެ ތުނބުޅިލާފައި ތިބި ހަތަރު މީހުން މޭޒުގެ ވަށައިގެން އިށީނދެލައިގެން ތިއްބެވެ. އެމީހުންނަށް ކެމީލާ ފެނުމާއެކު އިސްޖެހިއެވެ. ބެލުންތައް ތިރިކުރަން ދީނުގައި އަންގަވާފައިވާތީކަން ޔަގީނެވެ. އޭރު ކެމީލާގެ ހިތް އަވަސްވެގެންގޮސް އެހިތް ތެޅޭ އަޑު ބޭރަށް އިވިދާނެއޭވެސް ހީވިއެވެ. ދެއަތްތިލައިން ފެން ނުކުމެ އަތް ގަނޑުފެންކޮޅެއްހާ ފިންޏެވެ. ދެލޮލުގައި މުތީތަކެއްފަދައިން ކަރުނަ ނިރާލާފައި ހުއްޓެވެ. އެހިތްވަނީ ބޭގަރާރުވެފައެވެ. މިތާ އޭނަގެ ޖިސްމު ވިޔަސް ފުރާނައާއި ހިތްވަނީ ކައިޒާންއާއިއެކުގައެވެ. ކައިޒާންގެ ހުންނަ ނަފްސާނީ މައްސަލައިގެ ސަބަބުން ބައެއްފަހަރު އެހެން ޝަޚުސެއް ސިކުނޑީގެ ކޮންޓްރޯލް އަތުލާ ކައިޒާން ބޭނުންނުވާކަންތައްވެސް އޭނަ ލައްވާކޮށްލުވަނީއެވެ. އަމިއްލައަށް މަރުވުމަށް ބާރު އަޅާނީވެސް ޖޯންފަދައިން ސިކުނޑީގައި އުޅޭ އެހެން ޝަޚުސެކެވެ.

ގާޒީ އެދުނީ ސޮއިކުރަންޖެހޭ ތަންތާ ސޮއިކޮށްލުމަށެވެ. ކައިވެނީގެ ޚުތުބާ ކިޔުމަށްފަހު ގާޒީ ނާޔަލްއާއި ކެމީލާގެ ކައިވެނިކޮށްލަދީފިއެވެ. ކެމީލާގެ ހިތް ރޮމުން ދިޔައިރު ނާޔަލްގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި ކާމިޔާބުގެ ކުލަވަރެވެ. އެމީހުން ކާން ޖައްސާލުމާއެކު ކެމީލާ ނާޔަލްގެ އަތުގައި ހިފާ ދަމަންފެށުމުން ނާޔަލްއަށް ވިސްނުނެވެ. އޭނަ ކެމިލާއާއިއެކު ނުކުތެވެ.

"ކައިޒާން ކޮބާ. ކެން އައި ސީ ހިމް...." ކެމީލާ އެހިއެވެ.

"ޑޭމިޓް ކެމީލާ ތީ ދެންހާދަ ހެއްވާކަމެކޭ. ޔޫ އާ މައި ވައިފް އިނގޭ ހިލޭ ފިރިހެނުންނާއިހެދި ތިގޮތަށް ލަދެއްނެތި އުޅޭއިރު ޝޭމް އޮން ޔޫ. ޓްރީޓް ހިމް ލައިކް އެ ބްރަދާ........" ނާޔަލް ވީޑިއޯ އޮންކޮށްލާފައި ދެއްކިއެވެ. ކައިޒާން މިހާރު ކްލިފުން ފައިބައިފިއެވެ. އޭނަ ހުރީ މާކަސްއާއި އަދިވެސް ދެތިން ފިރިހެނުންނާއި އެކުގައެވެ. ކައިޒާން ސަލާމަތުން ހުރިތަން ފެނިފާ ހިތަށް ހަމަޖެހުމެއްލިބުނަސް ދާދިއަވަހަށް އެއުފާކޮޅު ފެނަށްވެގެން ދިޔައީ އޭނަގެ މަޖުބޫރު ހާލަތުހިތަށް އަރާފައެވެ. މި އަނިޔާވެރިޔާ އޭނައަށް ބިރުދައްކައިގެން ކައިވެނިވެސް ކުރުވީއެވެ. އެތައް މަސްހުނި އިހުސާސްތަކުން ސިކުނޑިއަށް ބާރުކޮށްގެން ހިތް ރޮއްވާލައިފިއެވެ. ނާޔަލްއަށް ފެންނަ ހިސާބުގައި ހުންނާކަށްވެސް ހިތް ނުރުހުނެވެ. ނާޔަލްއަކީ އޭނަގެ ފިރިމީހާކަމަކަށް އޭނަ ދުވަހަކު ގަބޫލެއްނުކުރާނެއެވެ. އެހިތް އެކަމަކަށް އެއްބަހެއްނުވެއެވެ. ގަދަކަމުން ކުރެވޭ ކައިވެންޏެއް ކައިވެންޏަކަށް ވާނެހެއްޔެވެ. ނުވާނެއެވެ. ނާޔަލްދެކެ ނަފްރަތުވިވަރުން ގޮސް ބަދު ދުޢާވެސް ކުރެވުނެވެ. އަވަހަށް މަރުވާނެނަމައެވެ. އަބަދަށްޓަކާ އެމީހާ ގެއްލިއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ. ބާރަށް ކާރު ދުއްވަނިކޮށް ރޯވާނެނަމައެވެ. ކްލިފަކުން ވެއްޓޭނެނަމައެވެ. ބޭނުންނުވިޔަސް ހިތަށް އަރައިގަތް ނުބައި ޚިޔާލުތަކުގެ ސަބަބުން ތުންފަތުގައި ބާރަށް ދަތް އަޅައިލެވިއްޖެއެވެ. އޭނަ ބޭނުމީ މިތަނުން ދާށެވެ. މި ނުލަފާ އަނިޔާވެރިޔާގެ ކުރިމަތިން ހިނގައިދާށެވެ. އަނެއްކާވެސް ނާޔަލްއަށް ފޯނެއް އައިސްގެން ފޯނު ނަގާފައި "ޑާލިން" ކިޔަކިޔާފައި އެވާހަކަދައްކަނީ އަންހެނަކާކަން ޔަގީނެވެ. ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާފަދައިން ހިނިގަނޑުވެސް ޖަހާލައެވެ. ނާޔަލް އެހެރީ އުފަލުންނެވެ. ކެމީލާ އެތަނުން ދާންވެގެން ހިނގައިގަތެވެ.

"އިށީދޭ...." ނާޔަލް ކެމީލާގެ އަތުގައި ހިފާ ގެންގޮސް ފެންޑާގައި ހުރި ކައުޗްގައި ބޭންދިއެވެ. ކެމީލާ ހަދާނެގޮތް ހުސްވެފައި އިންއިރު އެމޫނުމަތިން ފެންނަނީ ހަމައެކަނި މޮޅިވެރިކަމާއި މާޔޫސްކަމެވެ. ހިތާމައިގެ ތަސްވީރެއްފަދައިން އެސްފިޔަ ޖަހައިނުލާ އިންއިރު ލޮލުގައި ހަރުލާފައިހުރީ ބޮޑެތި ކަރުނައެވެ.

"ކޮފީއެއް ބޭނުން؟ " ނާޔަލް ވަރަށް އާދައިގެ ގޮތަކަށް އަހާލައިފިއެވެ.

"ނޫން..." ކެމީލާ ދެކޮޅުހެދިއެވެ.

"ބޯންޖެހޭނެ. ހުރިހާކަމެއް ގަދަކަމުން ކުރުވަން ނޫޅޭތި...." ނާޔަލް އެތެރެއަށް ވަދެފާ އައީ ތަބަކެއް ހިފައިގެންނެވެ. އާވި އަރައަރާހުރި ކޮފީއާއި ޕޭންކޭކު އަދި އޮމްލެޓެވެ. އަތުން ލަވާ ކާންދޭން ފެށުމުން މަޖުބޫރުވެގެން އޭނަ ކާންފެށިއެވެ.

"މިއީ މެރިޖަކަށްނުވާނެ. އަންހެންކުއްޖާއަށް މަޖުބޫރުކޮށްގެން ކުރާ ކައިވެންޏެއް ހަލާލެއްނުވާނެ. ޔޫ ކާންޓް ކޯލް މީ ވައިފް....." ކެމީލާ ރުޅިގަދަވިއެވެ. ކަޅިއަޅައިލިއެވެ.

"އައި ޑޯންޓް ކެއާ. ދެން ގާޒީން ދިޔައީ ކައިވެނިކޮށްދީފައި. ކެޓް ބުނާ އެއްޗެއް ބަލަން މަ ޖެހޭތަ؟ ހޫން އަދި ކައި އެނަގެ ޕެޓް ފީލިކްސްވެސް މަށަށް ހަދިޔާކޮށްފި. އަހަރެމެންގެ ގެއަށް އިތުރު މެހުމާނަކުވެސް އައީ. އަހަރެމެން ހަނީމޫނަށް ދާންވީ ކޮންތާކަށް މިއާމީއަށް؟ ނޫނީ ރާއްޖެއަށްތަ؟" ނާޔަލް އެއްލޯ މަރާލަމުން ކެމިލާގެ ކޯތާފަތުގައި އަތް ބީއްސާލައިފިއެވެ. ކެމީލާ ދުރަށް ޖެހުނީ ތެޅިގެންފައެވެ. ނާޔަލް ގުދުވެލާފައި ކަންފަތުގައި މަޑުމަޑުން ދަތްއަޅައިލިއެވެ. އެކަހަލަ ކުދި ގޯނާތައް ކުރަންފެށުމުން ގަންނާކުރެއްވި ބިރުން އެތަނުން ތެދުވެއްޖެއެވެ. އޭރު ވިއްސާރަވުމުގެ އަލާމާތްތައް ފެނި ފަޒާ އަނދިރިވެލައިފިއެވެ. އަޅިކުލައިގެ ބޯ ވިލާތައް އުޑުމަތި ބައްދާލައިފިއެވެ. މިދުވަސްކޮޅު ފިނިގަދަވަމުންގޮސް ކެތްނުކުރެވޭވަރުވެއްޖެއެވެ. މަތިމައްޗަށް ހެދުންލައިގެން ނުކުތަސް ފެބްރިކް ފުރާނާލާފައިވެސް ފިނި ކަށިގަނޑުގެ ތެރެއަށް ވަދެގަނެއެވެ. ރޫ ރޫ އަޅަންފެށިއެވެ. ދަތްދޮޅިއަށްދާންދެން ތުރުތުރު އަޅާލައިފިއެވެ.

"ހިނގާ އަހަރެންގެ ބެޑްރޫމަށް. އަހަންނަށް ކެޓް ވައުދުވީމެއްނު. ކައިވެނިކޮށްގެން ނޫނީ މި އިސްތަށިގަނޑު ނުފެންނާނެކަމަށް ބުނީމެއްނު ދޯ. އަހަރެން ބޭނުންވީ ކެޓްގެ ފަރާތުން އެންމެ ދެ ކަންތައް. އެދެކަންތައްވާން އޮތީ ކައިވެންޏަށްފަހު. އެހެންވީމަ މިހާރު ކުރެވޭނެ ދޯ. ނައު އެ ހުރިހާ ހުރަސްތައް ނައްތާލައިފިން. އެންމެ ކުރިން އޮތީ ކުރެހުން. އާޓިސްޓަކަށްވީމަ ކުރެހުމަށް ފޯރިހުރޭ. ކުޑައިރުއްސުރެ ކުރާހިތްވިކަމެއް. އެކަމަކު ވަކި އަންހެންކުއްޖަކު މޮޑެލްއަކަށް ބަލައިގެން މިވީހާތަނަށް ކުރަހާފައެއްނުވާނެ. އަހަރެންގެ ސްޓޫޑިއޯ ބަލައިފިއްޔާވެސް އެނގިދާނެ. މިއަދު އެންމެ ކުރިން ބޭނުމީ ކުރަހާލަން. ވިލް ޔޫ އެލަވް މީ. މިރީތި އިސްތަށިގަނޑު މިއަދު ފެންނާނެތަ؟ " ނާޔަލް އެއް ބުމަ އަރުވައިލިއެވެ. އެތޫނު ނަޒަރުން ބަލައިލިގޮތުން ކެމީލާގެ ހިތް ހުއްޓޭވަރުވިއެވެ. މިއީ ބިރުވެރި މީހެކެވެ. ޖިންނިއެއް އަދި ވެމްޕަޔަރަކާއިއެކު އެކަނި ގެއެއްގައި ހުންނަން ވިޔަސް މިހާ ބިރުގަންނާނެކަމެއް ނޭގެއެވެ.

"އަހަރެން ބޭނުން މާމަ ކައިރިއަށް ދާން......"

"ސޮރީ ޑާލިން...."

"ޔޫ އާ ކްރުއެލް.......ވައިލް ޑިސްގަސްޓިން. އައި ވިޝް ޔޫ އާ ޑެޑް....ކައިއެއްނޫން ސުއިސައިޑްވާން ޖެހޭނީ ތީ ލޫޒާއެއް އަމިއްލައަށް ކްލިފުން ފުންމާލާ............" ކެމިލާގެ ދޫ މައްޗަށް އެވަގުތު އައި އެއްޗެއް ކިޔާލެވުނީ ބޭ އިޚުތިޔާރުގައެވެ. ކޮށްޓަކަށް ލާ ބަންދުކޮށްފައި ހުރި އާރެއްބާރެއްނެތް އަންހެންކުއްޖަކަށް އޭނަގެ ޝިކާރަވެރިޔާއާއި ދިމާލަށް އެގޮތަށް ނުރުހެވޭ އެއްޗެހި ބުނުމަކީ އަމިއްލަ ނަފުސަށް އަނިޔާވެރިވުމަށް ދެވޭ ދައުވަތެކެވެ. އޭނަ ހުރީ އެފަދަ އެއްޗެއް ނުބުނަން ކެތްކޮށްގެންނެވެ. ނަމަވެސް ރުޅިގަދަވެގެންގޮސް އަލިފާންވުމުން ހިތުގައިވާހާ އެއްޗެއް ބޭރުވީއެވެ. ނާޔަލްއަށް އެ ޖުމްލަތަކުން އެއްވެސް އަސަރެއްކުރިހެނެއް ހިޔެއްނުވެއެވެ. މަޖާވެފައި ހޭންފެށީއެވެ.

"ޔޫ ފަނީ ގާލް. ތެދުވޭ މައި ޓައިގްރެސް...." ނާޔަލް ކެމީލާގެ އަތުގައި ހިފެހެއްޓިއެވެ. އެވަރުގަދަ އަތުގެ ބާރު އިހުސާސްކުރެވުމުން އަތާއި ދިމާލަށް ބަލައިލެވުމާއިއެކު ހިތަށް ވީ ނުބައި ގޮތެކެވެ. ނާޔަލް ގެ ފަރާތުން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ. ނުރޯން ހިތްވަރުކުރުމާއިއެކު ހިތާހިތުން ހެއްދެވިފަރާތަށް ދުޢާކުރަންފެށިއެވެ. ނާޔަލްގެ ފަރާތުން ސަލާމަތްވުމަށް އެދި ހިތް އާދޭސްކުރިއެވެ. އިރާދަކުރެއްވިއްޔާ އަދި ކައިޒާންއާއި އެކު އޭނައަށް އުފާވެރި ދިރިއުޅުމެއް ހޯދޭނެއެވެ. އެންމެ ބޭނުންވާ ބައިވެރިޔާ ލިބޭނެ ދުވަހެއް އަންނާނެއެވެ. ކިތަންމެ ބޮޑު އިމްތިހާނެއް ކުރިމަތިވެފައި ނުލިބޭނެހެން ހީވިޔަސް އެންމެ ފަހު ވަގުތުވެސް ހިތަށް ބުނަން ނޭގޭހާ އުފާތަކާއި ހަމަޖެހުން ލިބިދާނެއެވެ. އޭނަ ކެތްކުރާނެއެވެ. ކެތްތެރިންނާއިއެކު މާތް ﷲ ވޮޑިގެންވާނެއެވެ. ހިތްބުނަނީ އޭނަގެ ލޯބި ހާސިލްވާނެ ކަމުގައެވެ. ކުރިއަށް ހިނގައިގެންފާ ކެމީލާގެ ފިޔަވަޅުތައް މަޑުކޮށްލިއެވެ.

"ވަރަށް ފިނި އެބަވޭ އަދިވެސް ކާން ބޭނުން........ކެން އައި ހޭވް ޕަމްޕްކިން ލާޓޭ އަދި ސްޓީކް........ބީފް ސްޓީކް............" ކެމީލާ އަވަސް އަވަހަށް ބުނެލިއެވެ. ނާޔަލް ހީލިއެވެ. ސިޑީގެ ރަންކުލައިން ޑިޒައިންކޮށްފައިވާ ރެއިލިންގް އަތް އަޅުވާލައިގެން ހުރެ އޭނަގެ ހުދުހުދު ދަތްތައް ފެންނަވަރަށް ހިނިތުންވެލައިފިއެވެ.

"މިގެއަށް ކޮންމެފަހަރަކު ކާން ގެންނަނީ މަންމަމެންގެ ގެއިން. ކޮންމެ ގަޑިއަކަށް ވާވަރަށް ކައްކާފައި ކާން ފޮނުވާނެ. ބްރެކްފާސްޓްވެސް ހަމަ ހޫނުކޮށް ބަރާބަރު ގަޑިއަށް ގެނެސްދޭ މީހުން ތިބޭ. އެހެންވީމަ މިގަޑީގައި ފަހަރެއްގައި ތިބުނާ އެއްޗެއް ނުލިބި ހިނގައިދާނެ. ނަމަވެސް އޯޑަރުކުރެވިދާނެ. އެއްޗެހި ލިބެންދެން އަހަރެމެންގެ މަސައްކަތް ފަށަމާ............" ނާޔަލް އެއް ލޯ މަރާލިއެވެ.

"އަހަރެން ބޭނުމެއްނޫން ކުރަހުވާކަށް...."

"ކަމޯން......އަހަރެންގެ ހާޓް ބްރޭކްނުކުރޭ. ދުވަހަކު އަންހެންކުއްޖަކަށް ނުކެރޭ އަހަރެން ބުނާ ކަމަކަށް ނޫނެކޭ ބުނާކަށް. އައިވް ގޮޓް ގާލްސް ވްރެޕްޑް އެރައުންޑް މައި ފިންގާ ބަޓް ނޯ ގާލް އެވާ ހޭޑް މީ ސްޓާ ސްޓްރަކް އެކްސެޕްޓް ފޯ ޔޫ. އަދި އެހާ ފޮރުވިގެން. ހަމަ ޕާލްއެއްހެން. އެހާ ފްރެޖައިލް އެންޑް އިނޮސެންޓް. އެހެންވެ އަހަރެން ބޭނުމީ. އެހެން މީހަކު ޓަޗްކުރާ އެއްޗެއްގައި އަތްލާހިތެއް މަވެސް ނުވޭ. އެނީވޭސް މިހާރު ތީ މަގޭ ހައްގެއް. ގާނޫނީގޮތުން އަދި ދީނީގޮތުންވެސް މަގޭ މިލްކެއްދޯ. ވީއިރު އަހަންނަށް ހުއްދަނޫންކަމެއް އޮންނާނެބާ.. ބޮޑާނަހާކާ ދެން ހިނގާ.." ނާޔަލް އަތް ދިއްކޮށްލިއެވެ.

"ނޯ........." ކެމީލާ ދެކޮޅުހެދިއެވެ.

"އުރާލައިގެންތަ ދާންވީ....." ނާޔަލް އިންޒާރުކުރިއެވެ. ނާޔަލް އެހެން ބުނުމާއިއެކު ނާޔަލްއަށްވުރެ ކުރިން ކެމީލާ ސިޑިން އަރައިގެން ހިނގައިގަތެވެ. ހިތާހިތުން ނާޔަލްއާއި ދިމާލަށް އެތައް އެއްޗެއްކިޔުނުއިރު ސަލާމަތްވާނެ ގޮތަކާއިމެދު ވިސްނުނެވެ. އެންމެފަހުން ނޯޔާއަށް މެސެޖްކޮށްލައިފިއެވެ. އެގެއަށް ވަރަށް އަވަހަށް އައިސްދިނުމަށް އެދުނެވެ. ނާޔަލް މާސްޓްބެޑްރޫމްގެ ދޮރު ހުޅުވާލައިފިއެވެ. އެކޮޓަރިއަށްވަން މީހަކު ލޯ ތަރަތަރަޖަހައިގެންދާހާ ފުރިހަމައެވެ. ނިއުޔޯކްގެ އެންމެ މުއްސަދި މީހުންގެ ދިރިއުޅުން ފުރިހަމަވާނީވެސް ހަމަ މިހާވަރަށެވެ. އަދި ބިއްލޫރި ދޮރުތަކުން ދުރުދުރަށްދާންދެން ފެންނާން އޮތް މަންޒަރު ހަމަ ޕޯސްޓްކާޑެއްފަދައެވެ. ފަތްތައް ހުސްވެފައިވާ ގަސްތަކުގެ ސިލްސިލާއެވެ. މިކޮޓަރި ހާދަ ނަލައެވެ. ޕެންޓްހައުސްއެއްގެ ކޮޓަރިއަކަށްވުރެ އަރާމުކަމަށް ދައްކައެވެ. ދޫލަތަކުގެ ސަބަބުން ޝާހީގޮތެއްވެސް ހުއްޓެވެ. ތަނަވަސްކަމާއިއެކު އެނދުވެސް ބޮޑުކަމުން ނިކަން އަރާމުގައި ނިދާލެވޭނެހެން ހީވެއެވެ. ހުދުކުލައިގެ ތުނި ސަދުވާތައް ހުރީ އުފުލާލާފައެވެ.

ރަޖާގަނޑުގެ ބޯ ކަމާއި މަޑުކަން އަދި އެތައް ކުޝަންތަކާއި ބާލީސްތަކުގެ ސަބަބުން ކޮންމެ މީހަކުވެސް ޖައްސައިލަން ބޭނުންވާނެއެވެ. މަޑު ރަގްތަކެވެ. ކައުޗްތައް އެހާ ތަނަވަހެވެ. ބޮލާއި ދިމާލަށް ހަރުކޮށްފައިވާ ޖަވާހިރެއްގެ ބައްޓަމަށްއޮތް ޗާންދަލިޔާގައި އެތައް ސަތޭކަ ބޮކިތައް ހުދު މުތީތަކެއްފަދައިން ފެންނާން ހުއްޓެވެ. ދިއްލާލުމުން ވަރަށް ހިތްގައިމުވާނެކަމަށް ދައްކައެވެ. ފާރުގައިވާ އަގު ބޮޑުކުރެހުންތަކާ އެހެން ކުދި ސާމާނުތައްވެސް ދައްކުވައިދެނީ މުއްސަދިކަމެވެ. ލުއި މީރުވަހެކެވެ. ހިތަށް ފިނިކަން ގެނެސްދޭފަދަ ކޮޓަރިއެކެވެ. ފަޔާ ޕްލޭސް ގައި އަނދަ އަނދާހުރި އަލިފާނުގެ ހިތްގައިމު އޮރެންޖް އައްޔާއެކު ދަރުތައް އަނދާ މަޑު މަޑު އަޑުވެސް "ރޮމެންޓިކް"އެވެ. ބޭރުގައިވާ ގަދަ ފިނިކަމުން ސަލާމަތްވެ ހީފިލާގޮތްވިއެވެ.

"ޔޫ ލައިކް ދިސް؟ "ނާޔަލް އަހައިލިއެވެ.

ކެމީލާ ހިންދިރުވައިލިއެވެ. ނާޔަލް ކެމީލާގެ ކޮނޑުގައި އަތްއަޅުވާލުމަށްފަހު ގޮވައިގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ.

"ޑޯންޓް ބީ އެފްރެއިޑް. ތީވެސް ކުޑަކުއްޖެއްނޫނެއްނު. އަދި ކިރިޔާނު ދިރިއުޅުމުގައި އާކުލަތަކެއްޖެހި މަޖާ ކުރެވެން މިއުޅެނީ. މިހުރިހާ ދުވަހު ކެޓްއަކަށް ނޭގޭ ލައިފުން މަދުވަނީ ކޯންޗެއްކަން. ނިއުޔޯކްގައި ހުރިހާ އެއްޗެއް ހަމަޔަށް އެބަހުރި. ކައިއަކަށް ނޭގޭނެ ކެޓް އުފާކޮށްދޭކަށް. އަހަރެންގެ ތަޖުރިބާ މާ ގިނަވާނެ........" ނާޔަލްގެ އެ ގާތްކަމުން ސަލާމަތް ނުވެވިގެން ކެމީލާ ދުރުވާން މަސައްކަތްކުރިއެވެ.

"ހެހެ. ދުރަށް ދާން ބޭނުންވަނީ؟ އަދި މަށަށް ނޭވާ ލެވުނަ ނުދީ އުޅޭނެ ދުވަހެއްވެސް އަންނާނެ......." ނާޔަލް އެއްމިޔަކަނުން ހީލަމުން މަޑުމަޑުން ބުނެލައިފިއެވެ. ޔަގީންކަމެއް ވާފަދައެވެ. އިރާދަކުރެއްވިއްޔާ އެފަދަ ދުވަހެއް ނުދައްކަވާށިއެވެ. ކެމީލާ ވަގުތުން ދުޢާކުރިއެވެ.

ދުރަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ހުދުހުދު ފްލޭކްސްތަކެއްހެން ހުރި އެއްޗެހިތަކެއް ވައިގެ ތެރެއިން ފެންނާން ފެށިއެވެ. ކެމީލާ ހައިރާންކަމާއިއެކު ބަލަން އިންދާ އެއެތިކޮޅުތައް ކަންނެތްކަމާއިއެކު އުދުހެމުން ގޮސް ބިންމަތީގައި ހަރުލާންފެށިއެވެ. މަޑުމަޑުން އެއެއްޗެހި ތައް ގިނަވަމުންގޮސް ފަޒާ ފުރާލައިފިއެވެ.

"އިޓްސް ސްނޯވިން.......އަހަރެމެންގެ ވެޑިންގައި........" ނާޔަލް އެއްބުމަ އަރުވައިލިއެވެ.

ސްނޯވެހެން ފެށީއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް ސްނޯގެ ހިތްގައިމުކަން ބަލައިލަން ލިބުނީ އެންމެ ނަފްރަތުކުރާ މީހާއާއިއެކުގައެވެ. އެހާ ހިތްގައިމު މަންޒަރެއް އުމުރުދުވަހުވެސް ދުށީއެއް ނޫނެވެ. އެހާ ރީއްޗެވެ. އާޝޯޚުވާހާ ފުރިހަމައެވެ. އެސްފިޔަ ޖަހައިލަން ނޭގި ބަލަން ހުއްޓާ މަޑުމަޑުން ހުރިހާތަނެއް ހުދުވާންފެށިއެވެ. ގަސްގަހުގެ ގޮފިތަކާއި ބަގީޗާގައިވާ ބޮކިތަކުގެ ދަނޑިތަކަށްދާންދެން ސްނޯ ހަރުލީ ދާދިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބިންމަތީގައި ގަނޑުފެނުގެ ދޫލަ އަޅާ ހުރިހާތަނެއް ތާޒާކުރުވައިފިއެވެ. އާޝޯޚުވެ ހައިރާންވެފައި ކެމީލާ ހުރިއިރު ނާޔަލްގެ މަތިންވެސް އިރުކޮޅަކަށް ހަދާން ނެތިއްޖެއެވެ.

"ޔޫ މޭކް ދަ ސީން ޕާފެކްޓް..." ނާޔަލްގެ ޖުމްލައިގެ އަޑު އިވިގެން އެނބުރި ބަލައިލިއިރު އޭނަ ހުރީ ކެމެރާ ހިފައިގެން ފޮޓޯ ނަގާށެވެ.

(ނުނިމޭ... )

comment ކޮމެންޓް