ލަމްއާންގެ ޓުވިޓާ އެކައުންޓް ހެކްކޮށް ބަޔަކު ދަނީ ދޮގު ހަބަރު ފަތުރަމުން: ފެނަކަ

ފެނަކަ ކޯޕަޜޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން---

ފެނަކަ ކޯޕަޜޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ ޕާސަނަލް ޓުވިޓާ އެކައުންޓް ހެކްކޮށް ބަޔަކު ދޮގު ޚަބަރު ފަތުރަމުންގެންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ލަމްއާންގެ ޓުވިޓާ އެކައުންޓް ހެކްކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ދޮގު މައުލޫމާތާއި ޚަބަރު ފަތުރަމުން ގެންދާކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

"މިފަދަ ދޮގު ހަބަރާއި މައުލޫމާތުތަކަށް މީޑިއާތައް ސަމާލުވެ މީސް މީޑިއާގައި ނުފެތުރުމަށް އިލްތިމާސްކުރަމެވެ." ފެނަކައިގެ ބަޔާނުގައި ވެއެވެ.

ފެނަކައިން ބުނީ ލަމްއާންގެ ޓުވިޓާ ހެކްކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަމުންގެންދާ ކަމަށެވެ.

ލަމްއާންގެ ޓުވިޓާ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް