ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީންކުރުމަށް އެވިޑުން މުޅިން އާ ކޯހެއް!

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީންކުރުމަށް އެވިޑުން އަަލަށް ފަށާ ކޯސް އިފްތިތާހްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ؛ ފަޔުާޒު މޫސާ

ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީން ކުުރުމަށް މުޅިން އާ ކޯހެއް ތައާރަފްކޮށްފިއެވެ.

ސޯލްޓް ކެފޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މާސްޓާސް އޮފް ޓީޗިންގް އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން ކޯސް އިފްތިތާހްކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީއެވެ.

މިއީ އެއް އަަހަރު ދުވަހުގެ ކޯހެކެވެ. އެ ކޯހުގެ ކޯސް ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 65،000 ރުފިޔާއެވެ. އެވިޑުން ބުނީ ކޯސް ފީ މަހުން މަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ދެއްކުމުގެ އިތުރުން އިސްލާމިކް ބޭންކު މެދުވެރިވެގެންވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީންކުރުމަށް އެވިޑުން އަަލަށް ފަށާ ކޯސް އިފްތިތާހްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ؛ ފަޔުާޒު މޫސާ

އަންނަ ސެޕްޓެމްބަރު މަހު ފަށާ އެކޯސް ފުރަތަމަ ކިޔަވައިދޭނީ މާލޭގައި ކަމަށާއި އަދި ކޯހަށް ލިބޭ ތަރުހީބަށް ބަލައި ރާއްޖެތެރޭގެ ކެމްޕަސްތަކުގައިވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑުން ބުނީ އަންނަ ސެޕްޓެމްބަރު މަހު 37 ކޯހެއް އެކޮލެޖުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ޔޫޓީއެމް ޔުނިވާސިޓީއާ ގުޅިގެން އަލަށް ފަށާ ކޯހެއް ކަމަށްވާ މާސްޓާސް އޮފް ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް އެންޓަޕްރަނާޝިޕް ހިމެނެއެވެ.

އެވިޑުން ބުނީ އެ ކޮލެޖުގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ކޯސްތަކަށް އޮންލައިންކޮށްވެސް އެޕްލައި ކުރެވޭނެ ކަމަށް އެވިޑުން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި އެވިޑުން ވަނީ އެ ކޮލެޖުގެ މުޅިން އާ ވެބްސައިޓެއްވެސް އިފްތިތާހްކޮށްފައެވެ.

comment ކޮމެންޓް