Sun Online
މިއަދު އޮތް ޝަރީއަތައް ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައިސްފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ
މިއަދު އޮތް ޝަރީއަތައް ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައިސްފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ފާރިސަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ރިފާޒް އަހްމަދު ރިޔާޒް
ލިޔުނީރިފާޒް އަހްމަދު ރިޔާޒް

ޝަޚްސު އޮޅުވާލުމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، އޭނާ ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

ހުކުމް އިއްވަވަމުން އެއްމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ޝަޚްސް އޮޅުވައިލުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިނަވަރަށް ފާރިސްގެ މައްޗަށް ސާބިތުވާކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަށް ފާރިސް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދިފާއުން ހުށަހަޅާފައިވާ 47 ހެއްކާއި ކިތާބީ 27 ހެކީގެ ތެރެއިން ހަ ހެކިވެރިއެއްގެ ހެކިބަސް ނެގިފައިވާ ކަމަށާއި ކިތާބީ 27 ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތުދިން ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަކީ މައްސަލައާ ނުގުޅޭ ހެކި ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ ދެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

infinity loading...
×
DB released 01.