ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހާލު ސީރިއަސްވި ދެ ޒުވާނުން މާލެ ގެންނަނީ

އައްޑޫ ސިޓީ ހިތަދޫގައި މިއަދު އެކްސިޑެންޓުވި ކާރު---ފޮޓޯ/ މީސްމީޑިއާ

އައްޑޫ ސިޓީ ހިތަދޫގައި ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ދެ ޒުވާނުން މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:40 އެހައިކަންހާއިރު ހިތަދޫ ހަވީރީހިނގުމުގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަަމަށެވެ.

އެ އެކްސިޑެންޓުގައި 24 އަހަރުގެ އަންހެނަކަށް ސީރިއަސް ޒަޚަމް ތަކެއް ލިބިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ހިތަދޫ ރީޖަނަލް ހޮަސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު މުހައްމަދު ނަޖީބު "ސަން" އަށް ވިދާޅުވީ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ޒުވާނަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

ނަޖީބު ވިދާޅުވީ އެ ދެ ޒުވާނުންގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް އެ ދެ މީހުން މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް