Sun Online
ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން--
ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން--

ފްލެޓަށް އެދި 5000 މީހުން މިހާތަނަށް ފޯމު ހުށަހެޅި: ހައުސިން މިނިސްޓްރީ

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ގޮތުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި މިހާތަނަށް 5000 މީހުން ފޯމްހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ވީހާވެސް ގިނަ ފަރާތްތަކަށް ފްލެޓައް އެދުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"އަދިވެސް ގިނަ ފޯމްތައް ހުށަނާޅާކަން ފާހަގަކުރެވޭ. 43000 އަށް ވުރެ ގިނަ ފޯމް ނަގައިފައިވާކަން ފާހަނގަކުރެވޭ. އަދި މިއަދު ހުޅުވާލި ފުރުސަތާ އެކީގައި ގިނަ ބަޔަކު ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިފައިވަނީ. އެހެންވެ އެފަރާތްތަކަށްވެސް ފުރުސަތު އިތުރަށް ދިނުމުގެ ގޮތުން ފޯމްހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 31 އާ ހަމައަށް މިވަނީ އިތުރުކޮށްފައި." ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ ފޯމް ހުށަހެޅުމަށް މިހާރު ވަރަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައިވާ ކަމަށާއި އަދި އެންމެ ފަހު ވަގުތުު ފޯމްލާން އުޅެ ދަތިތަކެއް ދިމާވެދާނެތީ އަވަހަށް ފޯމްލުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓަށް ފޯމު ބަލައިގަންނަ ގަޑިތައް

  • ހެނދުނު - 08:00 ން މެންދުރު 03:00 އަށް
  • ހަވީރު - 04:00 އިން 06:00 އަށް
  • ރޭގަނޑު- 08:00 ން ރޭގަނޑު 11:00 އަށް

އިއްޒުއްދީން މަގުން ވަންނަ ސަރަހައްދުގައި ފޯމް ބަލައިގަތުމަށް ވަކި ސަރަހައްދެއްވެސް ހައުސިން މިނިސްޓްރީންވަނީ ހަމަޖައްސައިފައެވެ.

infinity loading...
×
DB released 01.