ކްރޮސްރޯޑު މަޝްރޫއުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގަން ބެސްޓް ޑައިވްސް އަށް

ކ. އެނބޫދޫފަޅުގައި ޑައިވިންގް އަދި ވޯޓާސްޕޯޓްސް ޚިދުމަތް ދިނުމަށް ސިންހަ އެސްޓޭޓާއި ބެސްޓް ޑައިވްސްްއާ އެކު ސޮއިކުރުން -----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްރޮސްރޯޑު މަޝްރޫއުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގައި އެކްސްކާޝަންތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ޑައިވިން އަދި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގުމަށް ބެސްޓް ޑައިވްސް އާ ހަވާލުކޮށްފިއެވެ.

ބެސްޓް ޑައިވްސް އިން ކްރޮސްރޯޑު ގައި ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ތެރޭގައި ސްކޫބާ ޑައިވިންގް އާއި މޯޓަރައިޒްޑް، ނޮންމޯޓަރައިޒްޑް ވޯޓަރސްޕޯޓްސްގެ ދިވެހިރާއްޖެގެ ރަށްތަކާއި ކަނޑުއަޑީގެ ރީތިކަން ފެންނާނެ ފަދަ އެކްސްކާޝަންތަކާއި ދިވެހި ސަގާފަތް ދައްކާލެވޭފަދަ ހަރަކާތްތައް ހިމެނެއެވެ.

މީގެ އިތުރުން އެނބޫދޫ ފަޅުގައި ތަރައްގީކުރާ އިންޓަރގްރޭޓަޑް ރިސޯޓްގައި ފަރުތައް ދިރުވައި އައުލާކުރުމަށް ކޮރަލް ރީޖަނަރޭޝަން މަޝްރޫއެއް ހިންގުމަށްޓަކައި ބެސްޓް ޑައިވްސްގެ ފަރާތުން ހާއްސަ މެރިން ބަޔޮލޮޖިސްޓެއް ހަމަޖައްސާނެއެވެ. ރާއްޖޭގެ ތިމާވެއްޓާއި ކަނޑުތަކުގެ ދިރުން ރައްކާތެރިކުރުމުގެ ބެސްޓް ޕްރެކްޓިސް ތަންފީޒުކުރުމަށްޓަކައި ފަތުރުވެރިންނާއި ރިސޯޓުގެ މުއައްޒަފުން ހޭލުންތެރިކުރުމަށް މެރިން ޑިސްކަވަރީ ސެންޓަރުން ކުރިއަށްގެންދަން ރާވާފައިވާ މަސައްކަތްތަކުގައި މައި ދައުރު އަދާކުރާނީ މެރިން ބަޔޮލޮޖިސްޓެވެ.

ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓަޑް އަކީ ރާއްޖޭގައި ޑައިވިން އާއި ވޯޓަރސްޕޯޓްސްގެ އިތުރުން އެކްސްކަރޝަންސް އަދި ލަކްޝަރީ ޔޮޓު ޗާޓަރުގެ ހިދުމަތް ދިނުމުގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މީގެ އިތުރުން ބެސްޓް ޑައިވްސް އަކީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށާއި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެމަތީ ފެންވަރުގެ ރިސޯޓުތަކުގައިވެސް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.

ކްރޮސްރޯޑް މަޝްރޫއުގައި ބެސްޓް ޑައިވް އިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނަރަލް މެނޭޖަރު އެރިކް ވަން މެލިސް ވިދާޅުވީ މި މަޝްރޫއުގެ ވާހަކަ އަޑުއިވުމުންވެސް އެ ކުންފުނީގެ ދައުރު މި މަސައްކަތުގައި ހިމަނަން ބޭނުންވި ކަމަށެވެ.

"ކްރޮސްރޯޑްސް މަޝްރޫގެ ވާހަކަ އެންމެ ފުރަތަމަ އަޑުއިވުމުން ހިތަށް އެރީ މިއީ ރާއްޖޭގައި މިހާތަނަށް ހިންގާފައި ނުވާފަދަ އާދަޔާ ހިލާފު މަޝްރޫއެކޭ. އަދި މީގައި އަހަރަމެންގެ ދައުރެއް އޮންނަންވާނެއޭ އެންމެ ފުރަތަމައިނުންވެސް ހިތައް އެރި،"

ކްރޮސްރޯޑްސް މަޝްރޫގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ތިޓި ތޮންގްބެންޖަމަސް ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާތަނަށް ކުރަމުން އައިސްފައިވާ ތަޖުރިބާގެ މާނަ ބަދަލުކޮށްލަން މަސައްކަތްކުރުމަކީ ސިންގް އެސްޓޭޓް އާއި ބެސްޓް ޑައިވްސް އިން ގަބޫލުކުރާ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ބަދަލުވާފަދަ ކަންތައްތަކެއް އެކުގައި ހާސިލު ކުރެވޭނެކަމަށް އަހަރަމެން ގަބޫލުކުރަން. ކްރޮސްރޯޑްސް މަޝްރޫއިން ފަތުރުވެރިންނަށް ދޮރުތައް ހުޅުވާލުމުން އައު ޖީލެއްގެ ދަތުރުވެރިންގެ ޝައުގުވެރިކަން މިކަމަށް ލިބި، ދިވެހިރާއްޖޭގައި އައު މާކެޓް ސެގްމަންޓްއެއް އުފެދުމާއެކު ވިޔަފާރީގެ އައު ފުރުސަތެއް ހުޅުވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް