Sun Online
ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން--
ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން--

މާލޭގެ ދަފްތަރުގައި ޖެއްސުމަށް ލުއިތަކެއް ދީފި

މާލޭގެ ދަފްތަރުގައި ޖެއްސުމަށް އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެކަމުގައި ކުރިން ގެންގުޅެމުން އައި އުސޫލުތަކަށް ލުއިތަކެއް ދީފި އެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެކްޒެކިއުޓިވް ހަސަން ޒަރީރުު ވިދާޅުވީ މީގެ ކުރިން ދަފްތަރުގައި ޖެެއްސުމަށް އާންމު ރަައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހޭ ކަމަށެވެ.

"މިފަހަރު ފްލެޓަށް ދަފްތަރުގެ ދެ ކެޓެގަރީއަށް އެކުލަވާލެވިފައި އޮތް ފޯމަށް ގެނެވުނު ބަދަލާއެކީގައި އެއްގޮތަކަށް ވެސް އެމީހަކު ދަފްތަރުގައި ޖެހިގެން މާލޭގައި އުޅުނު މުއްދަތު ގުނާކަށް އެމީހަކު ކުރީގައި އުޅުނު ގޭގެއާއި ނޫނިއްޔާާ އުޅުނު އޮފީސްތަކާ ސްކޫލުތަކުގެ ލިޔުން ހޯދައިގެން ގެންނާކަށް ކޮންމެހެން ލާޒިމެއް ނުކުރޭ." ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ އަލަށް ގެނައި ބަދަލާ އެކު، ދަފްތަރުގައި ޖެއްސުމަށް، މާލޭގައި އުޅުނުު ކަމަށް އިގުރާރުވެ ދެ ހެކިންގެ ހެކިބަހާއި އެމީހުންގެ ސޮޔާއި އައިޑީކާޑު ހުށަހެޅުމުން ދަފްތަރުގައި ޖެއްސޭނެ ކަމަށެވެ.

އަދި ހެކި ބަސް ގަބޫލުކުރުމުގައި އާއިލާގެ މީހުންގެ ހެކި ބަސް ގަބޫލުު ނުކުރެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގައި ދިމާވެދާނެ ދަތިތަކަށް ބަލައި، އަލަށް ދަފްތަރުގައި ޖެއްސި ނަމަވެސް ދަފްތަރުގައި އަޕްޑޭޓް ވާނީ ރިޔާސީ އިންތިހާބަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފަހަރު ދަފްތަރުގައި ޖެއްސުމުން، ދަފްތަރުގައި ޖެއްސިކަމުގެ ވަގުތީ ލިޔުމެއް ދޫކުރާނެ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

ދަފްތަރުގައި ރަޖިސްޓްރީގައި ޖެހުމަށް ގެނައި ބަދަލާ އެކު ކުރިން ފޯމު ހުށަހެޅި ފަރާތްތަކަށް ގުޅައި އަލުން ދަފްތަރުގައި ޖައްސައި ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް ދިނުމަށް ހަަމަޖެހިފައިވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

infinity loading...
×
DB released 01.