ހެލްތު މިނިސްޓަރުގެ ނައިބަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ހެލްތު މިނިސްޓްރީގެ ނައިބަކަށް އައްޔަނު ކުރެއްވި ޑރ.ޝާފިއީ --- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައި ވަނީ މ. އަމްފާ، ޑރ. މުހައްމަދު ޝާފިއީ އަބްދުލްމުންއިމް އެވެ. ޑރ. ޝާފިއީ މަގާމަށް އައްޔަނު ކުރެއްވީ އިއްޔެ އެވެ.

ޑރ. ޝާފިއީ އަކީ އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ހެލްތު މިނިސްޓްރީގައި މިހާރު މިނިސްޓަރުގެ ދެ ނައިބުންނާއި ދެ ސީނިއާ ޕޮލިސީ އެގްޒެކެޓިވުން އަދި ހަތަރު ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.

comment ކޮމެންޓް