Sun Online
ރައީސް އަބްދުﷲ ޔާމީން މިއަދު ކޮޅުފުއްޓަށް ވަޑައިގަތުން--ފޮޓޯ/ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން މިއަދު ކޮޅުފުއްޓަށް ވަޑައިގަތުން--ފޮޓޯ/ރައީސް އޮފީސް

ކޯލިޝަން ސަރުކާރެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫން: ރައީސް ޔާމީން

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ކޯލިޝަން ސަރުކާރެއް ހިންގުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަން ގަބޫލު ކުރާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މުލަކު އަތޮޅޫ ދިއްގަރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަސްލު ފިކުރުގެ ތެރެއަށް އެހެން ފިކުރުތަކެއް އައިމާ ފިކުރަށް އަންނަ ތަޣައްޔަރު ކަމުގެ ތެރެއިން އުނދަގޫތަކެއް ހުންނަ ކަމަށެވެ. އެންމެ ފުރަތަމަ މިގައުމުގައި ހެދި ކޯލިޝަން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ނުހިންގުނީ ކަމަށް ވިދާޅުވި އެވެ.

އަދި އެމަނިކުފާނުގެ ވަރިކަމުގައި ކޯލިޝަން ރޫޅެން ދިމާވީ ވެސް އެ ސަބަބުތަކަށް ޓަކައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީ ސަރުކާރުން ސަރުކާރުގެ ވަޒީރުން ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ވެސް. އެކި ވުޒާރާ ބެހިފައި ހުންނަނީ ކޯލިޝަނުގެ ތެރޭން ކަމަށްވާތީ. މަސައްކަތް ހިންގުމުގެ ސްޕީޑުގައި މައްސަލަތަކެއް އެބައުޅޭ. މިއަދު މިފެންނަނީ އެ ތަފާތު. މިއަދު އެ ތަފާތު ފެންނަނީ މިއަދު އަޅުގަނޑުމެންގެ ސަރުކާރު މި ހިންގަނީ ސަތޭކައިން ސަތޭކަ ޕީޕީއެމް ކެބިނެޓަކާ އެކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުގައި އެހާ ބާރު މިނުގައި މަސައްކަތްތައް ކުރިއަށް ދަނީ ހުރިހާ ވަޒީރުންނަކީ ޕީޕީއެމްގެ ވަޒީރުންނަށް ވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެއް ސިޔާސީ ފިކުރަކަށް ދައުލަތް ހިންގުމުގެ ބާރު ލިބިއްޖެ ކަމަށްވާ ނަމަ ދައުލަތް ހިންގުމާއި މަޝްރޫއުތައް ގެނައުމާއި ކަންކަން ތަންފީޒު ކުރަން ފަސޭހަވެގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައިވާ އިރު އިދިކޮޅު އެމްޑީޕީ ޖޭޕީ އަދި އަދާލަތުގެ އިތުރުން ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި އެ ކެންޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

infinity loading...
×
DB released 01.