ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު އޮކްޓޫބަރު މަހު ހުޅުވަނީ

މިއަރަންދޫ އައިލެންޑް ރިސޯޓު ހުންނާނެ ގޮތުގެ ކުރެހުމެއް ---

ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓެލިޓީ ކުންފުނި މެރިއޮޓްގެ ދަށުން ހިންގާ ވެސްޓިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ބ. އަތޮޅުގައި ތަރައްގީކުރާ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު މި އަހަރުގެ އޮކްޓޯބަރު މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ބަޔޮސްފިއާ ރިޒާވުވެސް އޮންނަ ބ. އަތޮޅުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ހުޅުވަން ނިންމާފައިވާ މި ރިސޯޓަކީ ދަރަވަންދޫ އެއާޕޯޓުން ފުރައިގެން 20 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ސަރަހައްދެއްގައި ތަރައްގީކުރާ ރިސޯޓެކެވެ.

މިއަރަންދޫ އައިލެންޑް ރިސޯޓު ހުންނާނެ ގޮތުގެ ކުރެހުމެއް ---

މަތީފަންތީގެ ހަތްދިހަ ކޮޓެރީގެ މި ރިސޯޓުގައި އާކިޓެކްޗަރުންގެ ހުނަރު ފެންނާނެ އިމާރާތްތައއް ހުންނާނެއެވެ. އިޓަލީގެ ކުންފުންޏަކުން ފަރުމާކުރާ މިރިއަންދޫ ރިސޯޓުގައި ވޯލްޑް ކްލާސް ފިޓްނެސް ސްޓޫޑިއޯއަކާއި ސްޕާއެއް ވެސް ހުންނާނެއެވެ.

މިއަރަންދޫ އައިލެންޑް ރިސޯޓު ހުންނާނެ ގޮތުގެ ކުރެހުމެއް ---

މި ރިސޯޓަށް މުވައްޒަފުން ހޯދުމަށް މާގިރި ހޮޓަލުގައި ރިކަރޫޓްމެންޓް ޑޭ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެގޮތުން މިއަދާއި މިމަހުގެ 14 ވަނަ ދުވަހާއި 21 ވަނަ ދުވަސް އަދި 28 ވަނަ ދުވަހު ހެނދުނު 10 އިން މެންދުރު ދޭކަށް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް