ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިބްރާހީމް ވަނީ، މިއަދުގެ ވަގުތެއްގައި އަވަހާރަވެފައި-- ފޮޓޯ: ފޭސްބުކް

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެއެވެ.

މުހައްމަދު އިބްރާހީމަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އަނބިކަނބަލުންގެ ބައްޕާފުޅެވެ.

މުހައްމަދު އިބްރާހީމް ކުއްލިއަކަށް އަވަހާރަވީ ކިހިނެއް ވެގެން ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް ފަހަކަށް އައިސް އާލާސްކަންފުޅާ އުޅުއްވާކަން ވަނީ އެނގިފައެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ، މުހައްމަދު އިބްރާހީމަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އޭނާއަކީ ދުވަހުން ދުވަހަށް ކުރަން ހުންނަ މަސައްކަތް ފުރިހަމައަށް ނިންމަވާ، އަދި މިނިސްޓްރީ ހިންގުމުގައި ވަރަށް ބޮޑަށް މިނިސްޓަރަށް އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެއް ކަމަށެވެ.

އަޒްލީން ވިދާޅުވީ، ގެއްލިގެން އެ ދިޔައީ ހީވާގިކަމާއި އެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަަމަށާއި ހިތާމަވެރިކަމުގެ މި ދަނޑިވަޅުގައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ.

މުހައްމަދު އިބްރާހިމް ހޯމް މިނިސްޓްރީގައި ކުރައްވަމުން ގެންދިޔައީ އަތޮޅުތަކާ ގުޅުން ހުރި މަސައްކަތްތަކެވެ.

comment ކޮމެންޓް