މުލީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި

މުލީގެ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެފައި--ފޮޓޯ/ ރައީސް އޮފީސް

މ. އަތޮޅު މުލީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފިއެވެ.

މ. މުލީގައި ސަރުކާރުން ކުރިއަށް ގެންދިޔަ އެންމެ ބިޔަ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

މުލީގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

ދައުލަތުގެ ބަޖެޓުން މުލީގައި 40 ހެކްޓަރުގެ ބިން ހިއްކުމަށް 138 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ. އެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މަސައްކަތް ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.

މުލީ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ރައީސް މިއަދު އެރަށަށް ވަޑައިގެން އިރު، މީގެ ކުރިންވަނީ އެ އަތޮޅު ދިއްގަރަށާއި މުލަކަށް ވަޑައިގެން ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފައެވެ.

comment ކޮމެންޓް