ސަޓާގެ އިވެލުއޭޝަންސް ނިންމައި، ނޮމިނޭޝަންސް އިއުލާނުކޮށްފި

ސަޓާ 2018 ގެ ރާއްޖޭގެ އިވެލުއޭޝަން --

ހައިރައިޒުން އިންތިޒާމުކުރާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އިވެލުއޭޝަންސްތައް ނިންމައި އެވޯޑަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފިއެވެ.

ސަޓާގެ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެކްސްޕާޓުންގެ ޕެނަލްއަކުންނެވެ. އެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ސްރީލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އަދި ރާއްޖެއިން ހިންނާ ޚާލިދެވެ. ހިންނާއަކީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ، މަސައްކަތުގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ނޮމިނޭޝަންތައް އިވެލުއޭޓު ކޮށްފައިވަނީ ކޮންމެ ފަރާތަކުންވެސް ދިން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ގެ މައްޗަށްވެސް ބިނާކޮށެވެ.

ސައުތު އޭޝިއާ ސަރަހައްދުގައިދޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު36 ކެޓަގަރީ އަކުން ދޭނެއެވެ. މިއީ މި އެވޯޑުބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑު ހަފްލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14 އަދި 15 ގައި އިންޑިއާގެ ވިޔަފާރީގެ މަރުކަޒީރަށް، މުމްބާއީ ގައެވެ.

ސަޓާ އެންޑޯޒްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ސްރީލަންކާ، ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، ކޮންފެޑަރޭޝަން އޮފް އެކްރެޑިޓެޑް ޓުއާ އޮޕަރޭޝަންސް (އިންޑިއާ)، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް، އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް (އޭޕީޓީ އިންޑިއާ)، ކެރަލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް، ނޭޕަލް ޓޫރިޒަމް ބޯޑް، ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޝަންސް އަދި ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން ހިމެނެއެވެ.

ސަޓާ އެވޯޑަށް ރާއްޖެއާއި އިންޑިއާ، ބޫޓާން، ސްރީލަންކާ އަދި ނޭޕާލުގެ ޕްރޮޕަޓީތަކުން ވާދަކުރެއެވެ.

comment ކޮމެންޓް