ކްރޫ މެންބަރަކަށް ހަމަލާދިނުމުން ޖޯނީޑެޕަށް ދައުވާ ކުރަނީ

ޖޯނީ ޑެޕް --

ޖޯނީ ޑެޕްގެ ފިލްމު "ސިޓީސް އޮފް ލައިޓު" ގެ ލޮކޭޝަން މެނޭޖަރަށް ހަމަލާދިނުމުން، ޑެޕްގެ މައްޗަށް ދައުވާކުރަން ފިލްމުގެ ލޮކޭޝަން މެނޭޖަރު ނިންމައިފިއެވެ.

ޖޯނީ ޑެޕްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ފިލްމުގެ މަސައްކަތް ދުވަހަށް ނިމުނީ ކަމަށް ބުނުމުން ޖޯނީ ޑެޕް ފިލްމުގެ ލޮކޭޝަން މެނޭޖަރު، ބްރޫކްގެ ވާތު އަރިކަށީގައިި ދެ ފަހަރު ޖެހި ކަމަށެވެ. އެ ހާދިސާ ހިނގީ 2017 ވަނަ އަހަރު ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު ލޮސް އެންޖެލްސްގެ ބާކްލޭ ހޮޓެލުގައި ކަމަށް ވެއެވެ.

އެ ދައުވާގައު ބުނެފައިވަނީ ޖޯނީ ޑެޕް ދުރުކުރީ އޭނާގެ ބޮޑީގާޑުން ކަމަށާއި އޭރުވެސް އޭނާ ދިޔައީ ބްރޫކް އާ ދިމާލަށް ހަޅޭއް ލަވަމުން ކަމަށެވެ.

ކްރޫ މެންބަރަށް ހަމަލާދިން އިރު ޑެޕް ހުރީ މަސްތުވެފައިކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. އެ ހަމަލާ އަމާޒުވި ބްރޫކް ބުނީ ޑެޕްގެ މައްޗަށް ދައުވާ ނުއުލާނެ ކަމަށްބުނެ އޮތް އިގުރާރެއްގައި ސޮއި ނުކުރުމުން އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

"ފަހުން ޑެޕް ނުނަނީ އެއް ލައްކަ ޑޮލަރު ދޭނަމޭ، ތިމަންނަ ގައޮގައިވެސް ޖަހާށޭ. އެކަމަކު މައްސަލަ ކަމާބެހޭ ފަރާތަށް ނާންގާށޭ." ބްރޫކް ބުނެފައިވެއެވެ.

އެ ކަމާ ގުޅޭގޮތުން ޖޯނީ ޑެޕްގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް