"ބާޣީ 3"އަށް ތައްޔާރުވުމަށް ޓައިގާ ސީރިއާގެ މިލިޓަރީ ކޭމްޕަށް!

ބާޣީ 3 ގެ ގިނަ މަންޒަރުތަކެއް ނަގާނީ ސީރިއާގެ މިލިޓަރީ ކޭމްޕެއްގައި--

ބޮލީވުޑްގެ ހުނަރުވެރި އަދި ކާމިޔާބުު ބަތަލު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާޣީ 3" އަށް ތައްޔާރުވުމުގެ ގޮތުން ސީރިއާގެ މިލިޓަރީ ކޭމްޕަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ފިލްމު ޑައިރެކްޓު ކުރާނީ 'ބާޣީ 2'ގެ ވެސް ޑައިރެކްޓަރު، އަހްމަދު ޚާން އެވެ. ޓައިގާ ސީރިއާގެ މިލިޓަރީ ކޭމްޕަށް ދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގައެވެ.

ގިނަ އަދަދެއްގެ އެކްޝަން މަންޒަތަކެއް ނަގާ އެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޓައިގާ ގިނަ ކަންތައްތަކެއް ދަސްކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. ސީރިއާގެ މިލިޓަރީ ކޭމްޕަށް ގޮސް ޓައިގާ އަށް އެމް16 އާއި އޭޓީ4 އަދި ރޮކެޓް ލޯންޗްކުރަން ދަސްކޮށްދޭނެ ކަމަށާއި ފިލްމުގެ މަންޒަރުތަކެއް ސީރިއާގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ނަގަން ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ބާޣީ'ގެ ދެވަނަ ބައިގެ މަސައްކަތް ކުރިއަށް ދިޔައިރު، ފިލްމުގެ ތިން ވަނަ ބައި ވެސް ވަނީ އިއުލާންކޮށްފައެވެ.

"ބާޣީ" އިން އަންހެން ލީޑްގެ ގޮތުގައި ފެނުނީ ޝްރައްދާ ކަޕޫރެވެ. އަދި "ބާޣީ 2" އިން އަންހެން ލީޑްގެ ގޮތުގައި ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ.

"ބާޣީ 3" ރިލީޒްކުރާނީ އަންނަ އަހަރުގައެވެ.

comment ކޮމެންޓް