ސުޕައިޑަމޭން އުފެއްދި ސްޓީވް މަރުވެއްޖެ

ސްޕައިޑަމޭން ކެރެކްޓާ އުފެއްދި ސްޓީވް ވަނީ އުމުރުން 90 އަހަރުގައި މަރުވެފައި---

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަން ހޯދި ސްޕައިޑަމޭން ކޮމިކް އަދި ސްޕައިޑަމޭން އުފެއްދި ބާނީ ސްޓީވް ޑިޓްކޯ މަރުވެއްޖެ އެވެ.

އުމުރުން 90 އަހަރުގެ ސްޓީވް މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް ތެރެއިންނެވެ. ފުލުހުންނާ ހަވާލާދީ ބޭރުގެ ޚަބަރުތަކުގައި ބުނެފައި ވަނީ އޭނާ މަރުވެފައި އޮންނަތާ ދެ ދުވަސްވަރު ވެދާނެ ކަމަށެވެ.

ކޮމިކްގެ ބާނީގެ ގޮތުގައި މަޝްހޫރުވި ސްޓީވް އުފެއްދި ކާޓޫން ކެރެކްޓާ ސްޕައިޑަމޭން އާންމުންނާ ހަމައަށް ގެނެސްދިނީ 1962 ވަނަ އަހަރުގަ އެވެ.

އާންމުންގެ މެދުގައި ސްޕައިޑަމޭން ކާމިޔާބުވުމާ ގުޅިގެން އޭނާ ވަނީ ޑޮކްޓާ ސުޓުރޭންޖް ވެސްއުފައްދާފަ އެވެ. އެއީ 1963 ވަނަ އަހަރުގަ އެވެ.

ސްޕައިޑަމޭން އުފެއްދި ބާނީ ސްޓީވް މަރުވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

comment ކޮމެންޓް