ލަވަކިޔުންތެރިޔާ ރިހާނާއާ ވައްތަރު މީހެއް ފެނިއްޖެ

ރެނީ ކުރޫޖު---

"ޑައިމަންޑްސް" ފަދަ ރީތި ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާއާ ވައްތަރު މީހެއް އިންޑިއާއިން ފެނިއްޖެއެވެ.

މޮޑެލް ކުރަމުން އަންނަ، އިންޑިއާގެ ޗަސްތިސްގަރަށް ނިސްބަތްވާ ރެނީ ކުޖޫރު، ލަވަކިޔުންތެރިޔާ ރިހާނާއާ ވައްތަރުކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކަމަށް އޭނާ ބޭރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އުމުރުން އެންމެ 23 އަހަރުގެ ރެނީ ކުޑައިރުން ފެށިގެންވެސް ތަފާތު މުބާރާތްތަކަށް ސްޓޭޖް މައްޗަށް އަރާ ކަމަށާއި ނަމަވެސް އޭރު ބައެއް މީހުންގެ މަލާމާތް އޭނާއަށް ކުރިމަތިވި ކަމަށް ބުންޏެވެ.

"ބުނާނެ ތިއީ ހާދަ ކަޅު މީހެކޭ. ސްޓޭޖް މަތީ ހުއްޓާވެސް ބުނެދާނެ. ރޮވޭ ފަހަރު ވެސް އާދޭ،"

ރެނީ ބުނީ މީހުންގެ މަލާމާތާ ފުރައްސާރާ އަށް ފަސްޖެހުމެއްނެތި ކުރިއަށް ދިޔުމަށް މަސައްކަތް ކުރި ކަމަށެވެ.

ރިހާނާ އާއި ރެނީ: ގިނަ ބަޔަކު ބުނަނީ ރެނީ ރިހާނާ އާ ވައްތަރުކަމަށް---

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މޮޑެލިން ދާއިރާއަށް ނުކުތް ރެނީ ބުނީ "އެހާ އަވަހަށް މަޝްހޫރުވީ ރިހާނާއާ ވައްތަރުކަމަށް ގިނަ ބަޔަކު ބުނާތީ. ނޫސްތަކުގެ ފަލަ ސުރުހީއަށް ވެސް އެރީ އޭނާ އާ ވައްތަރޭ ކިޔާތީ،" ކަމަށެވެ.

ރެނީ ބުނީ އޭނާ ރިހާނާ އާ ވައްތަރުކަން އެންމެ ފުރަތަމަ އަޅައިގަތީ އޭނާގެ ރަހުމަތްތެރިއަކަށް ކަމަށެވެ. އަދި އުންމީދަކީ ކޮންމެވެސް ދުވަހަކުން ރިހާނާއާ ބައްދަލުވެ ވާހަކަ ދައްކާލުމަށް ކަމަށެވެ.

comment ކޮމެންޓް